މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް އިން އަހަރުގެ ސިމެންޓް ސަޕްލަޔަރަކަށް ވިލާ ހަކަތަ ހޮވައިފިއެވެ.

ވިލާ ހަކަތަ އަކީ ރާއްޖޭގައި ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، ސިމެންތި، ފިއުލް، ޝެލް ލުބްރިކަންޓްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް، އަދި ސިނާއީ ޒަރޫރީ ތަފާތު ތަކެތީގެ ވިޔަފާރިގެ ތަޖުރިބާ ލިބިފައިވާ ދިވެހި ކުންފުންޏެކެވެ.

ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތިއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ ކޮލިޓީއަށް ބަދަލެއް ނާންނަ ސިމެންތިއެކެވެ. އަދި މިހާރު ވިލާ ސިމެންތި އަކީ މިދިޔަ ފަސް އަހަރު ދުވަހު، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ބައިވެރިއެކެވެ.

އެގޮތުން ވިލާ ސިމެންތީގެ ކޮލިޓީ ދަމަހައްޓައި، ރާއްޖޭގައި ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ކެޓަރ ކުރެވޭނެ ގޮތް ހެދުމަށްޓަކައި، ވޭތުވެދިޔަ އަހަރުތަކުގައި ވިލާ ސިމެންތީގެ ޕެކިންގ ކެޕޭސިޓީ ތަރައްޤީކުރުމަށް ހާއްސަ ސްޓްރެޓެޖިކް އެޕްރޯޗެއް ގެންގުޅެމުންދާކަމަށްވެސް ވިލާ ހަކަތައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން