ކުރަތްޕެއް މަރަން އުޅުމުގެ ތެރެއިން ޖަޕާނު ފިރިހެނެއް ދިރިއުޅޭ ފްލެޓެއްގައި އަލިފާން ރޯވެއްޖެއެވެ.

ކްޔޫޝޫ ސިޓީގައި ދިރިއުޅޭ 54 އަހަރުގެ ފިރިހެނެއްގެ ގޭގައި އަލިފާން ރޯވީ ކުރަފި މަރަންވެގެން އިންސެކްޓިސައިޑް ސްޕްރޭ ޖެހުމުގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންމެ ކުރަތްޕެއް މަރަންވެގެން އޭނާ ވަނީ ގޭތެރެއަށް މާ ގަދަޔަށް އިންސެކްޓިސައިޑް ސްޕްރޭ ޖަހާފައެވެ. އޭގެ މިނެޓެއް ފަހުން ގޭގެ ކުޑަދޮރެއްގެ ބިއްލޫރިވެސް ތަޅައިގެން ދިޔަ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.

މި ހާދިސާގައި ކުރަފި މަރަން ސްޕްރޭކުރި އެފިރިހެން މީހާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ޖަޕާންގެ ފުލުހުން ބުނެފަވެއެވެ. އެހެން ނަމަވެސް، ގޭގައިހުރި ފަރުނީޗަރުތަކުގައު އަލިފާން ހިފައި ގެއްލުންވި ކަމަށް ފުލުހުން މަޢުލޫމާތުދީފަވެއެވެ.

ޖަޕާނުގެ ނޭޝަނަލް ކޮންސިއުމަރ އެފެއާޒް ސެންޓަރުން ބުނީ ކަރަންޓް އައުޓްލެޓްތަކުގެ ކައިރީގައި އިންސެކްޓިސައިޑް ސްޕްރޭ ކުރުމާ ގުޅުން ހުރި ގޮވުންތަކެއް ހިނގާފައިވާ ކަމުގެ އެތައް ރިޕޯޓްތަކެއް މީގެ ކުރީގައިވެސް ލިބިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން