ރައްޔިތުންގެ ވޯޓަކުން އިންތިހާބުކޮށްފައި ހުންނަ ވެރިއަކު ފަސޭހަކަމާއެކު އަޒުލު ކުރެވޭނެ ގޮތެއް ހޯދުމަކީ ޒަމާނީ ޑިމޮކްރެސީގައި ވަރަށް ވެސް ހުތުރު އަދި ޑިމޮކްރެސީގައި އޮންނަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. ދިވެހި ރާއްޖޭގެ ދެލައްކައަށްވުރެ ގިނަ މީހުންގެ ވޯޓުގެ ތެރެއިން ރައްޔިތުންގެ އަޣުލަބިއްޔަތުން ރުހުންދީފައިވާ ވެރިއަކު އަޒުލު ކުރެވޭނެ މަގެއް ގައުމުގެ ގާނޫނުހަދާ މަޖިލީހުން ފަހި ކޮށްދިނުމަކީ ވަރަށް ނުރައްކާތެރި އަމަލެކެވެ. ރައްޔިތުންގެ މަޖިލީހުގައި ވަކި ބައެއްގެ މެޖޯރިޓީ އޮތީތީ އެބައި މީހުން ބޭނުންވާހާ ގޮތަކަށް މިއަދު އަމަލުކުރަމުން ދިއުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ ކުރިމަގަށް ދަސްކޮށްދޭ ވަރަށް ނުރައްކާތެރި ފިލާވަޅެކެވެ. ދަންނަވަން މިއުޅެނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިބީތީ އެއަދަދަށް ވޯޓު ހޯދައިގެން ގާނޫނީ ހަމަތަކުގެ މަތީން ރައްޔިތުން ހޮވާފައިހުރި ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ ބާރު އަތަށް ނެގުމަކީ ހަމަ ބަޣާވާތެއް ކުރުން ފަދަ އަމަލެއް ކަމަށެވެ. އެއީ ރައީސް މީހާއަށް ބިރުދައްކައި އޭނާ ފިއްތާލާފައި ބެހެއްޓުމެވެ. ތިމާމެން ނުރުހޭ ގޮތަކަށް ފިޔަވަޅެއް އެޅިޔަސް "ކަތިލާލާނެ" ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކުން ފަދަ ކަމެކެވެ.

ތިމާމެންނަށް މިއަދު ބާރެއް ލިބިފައި އޮތުމުން އެބާރު އެގޮތުގައި ތާއަބަދު ދެމި އޮންނާނެ ކަމަށް ބަލައިގެން ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންކޮށް ބިރުދައްކައި އެރައީސް މީހާ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއަޅައި ސަރުކާރުން ރައްޔިތުންނަށްޓަކާ ހިންގާ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއަ ނުދީ އަތް އެޅުމަކީ ހަގީގަތުގައި ޒަމާނީ ޑިމޮކްރެސީއާއި ވަރަށް ބީރައްޓެހި ހުތުރު އަމަލެކެވެ. މިއަދު ބާރެއް ލިބިފައި އޮތީމާ ގާނޫނާއި އުސޫލު ބަދަލުކޮށްގެން ވެރިމީހާ އަޒުލުކޮށް ވެރިކަމުން ބޭލިވެސް ދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބު އާޚިރުގައި ގައުމުށާއި ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އޭގެ ސަބަބުން ގައުމުގެ އިގުތިޞާދު ފުނޑި ތަރައްގީގެ މަސައްކަތްތައް ހުއްޓި ގައުމުގެ ކުރިއެރުމާއި ޑިމޮކްރެސީ އެތައް ތަނަކުން ފަހަތަށް ސޮއްސާލުމަކީ ނުވެ ނުދާނެ ކަމެކެވެ. އަދި އޭގެ ސަބަބުން އުފެދޭ ހަލަބޮލި ކަމުގައި މުޅި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ގެނބި ތަޅާ ފޮޅުމާއި ލޭ އޮހޮރުވުމަކާއި ހަމައަށް ދިއުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. މިކަމުން މިދަސްކޮށްދެވެނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ބަރުލަމާނީ ބަޣާވާތަކުން ވެރިކަން ބަދަލުކުރުމަށެވެ.

މިވާހަކަ މިގޮތަށް ދައްކާން މިޖެހުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ވަރަށް ނުރައްކާތެރި ބަދަލުތަކެއް ގެންނަން ނިންމުމުންނެވެ. މިމަގަށް ކަންކަން ފަހިކުރުމަށް މަޖިލީހުގެ ޢާއްމު ކޮމިޓީން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގަވާއިދުގެ 41 ވަނަ ބާބުގެ މާއްދާތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ އިޖުރާޢަތު ކުރިއަށް ގެންދިއުމަށް މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް ފަސޭހަވެގެންދާނެއެވެ. މިބަދަލުތަކާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާނީ މަޖިލީހުގައި އޭރަކު ތިބޭ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެހެންކަމުން މިހާރު މަޖިލީހުގައި ތިބީ 80 މެންބަރުން ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރަން ނޫނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. މިއީ މިހާރުގެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ އަދަދަށް ބަލާއިރު އެހެން އެއްވެސް ޕާޓީއެއްގެ ތާއީދެއް ނެތަސް ވަރަށް ފަސޭހަކަމާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށްލެވޭނެ މަގެކެވެ.

"ހަގީގަތުގައި މިހާރު މިފެންނަނީ އެމްޑީޕީން އެދިމާއަށް (ރައީސް އަޒުލުކުރުމާ ދިމާއަށް) މިސްރާބު ޖަހާ މަންޒަރު. މީގައި އަޅުގަނޑަށް ފާހަގަ ވަނީ ދެކަމެއް. އެއްކަމަކީ އަންނަ މަޖިލިސް އިންތިހާބުގެ ކުރިން ރައީސް އަޒުލުކުރުން. ނޫނީ އަޒުލު ކުރެވިދާނެ ކަމުގެ ބިރު ދައްކައިގެން އެމްޑީޕީން ބޭނުންވާ ކަންކަން ހާސިލުކޮށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހޯދުން. މިކަން މިހެން ކޮށްފި ނަމަ މިއީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ވެސް އަދި ބަރުލަމާނީ ހަޔާތުގައި ވެސް ވަރަށް ހުތުރު ލައްގަނޑެއް ޖެހިގެންދާނެ އަދި ވަރަށް ނުރައްކާތެރި އަމަލެއް. މާދަމާ އެމްޑީޕީގެ އަޣުލަބިއްޔަތު މަޖިލީހުގައި ނެތި އެމީހުން ވެރިކަން ކުރަން ދިމާ ކުރީމާ ނޫނީ އިދިކޮޅުގައި އެމީހުން ތިއްބަސް މަޖިލީހުގެ އަޣުލަބިއްޔަތު ނެތިއްޔާ ވެރިކަމުގައި ތިބޭ ބަޔަކަށް މިދަސްކޮށްދެވެނީ ވަރަށް ގޯސް ފިލާވަޅެއް. އޭރުން އެމީހުން އަޣުލަބިއްޔަތުގެ ބޭނުން ކޮށްގެން ހަމަ ބަދަލު ހިފާނެ. އެމްޑީޕީން މިއަދު އެ ކުރާ ކަންކަން ތަކުރާރު ކުރާތަން އަޅުގަނޑަށް ފެންނަނީ." ގާނޫނީ ގޮތުން ރާއްޖެގެ ފުންނާބު އުސް ބޭފުޅަކު ނަން ނުޖަހާން ޝަރުތުކޮށް "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އޭނާ އެވިދާޅުވި ބީދައިން އެމްޑީޕީން މިއަދު މަޖިލީހުގެ އަޣުލަނިއްޔަތު ބޭނުން އެކުރަނީ ރަނގަޅަށްތޯ މިއަދު ސުވާލު އުފައްދަން ޖެހެއެވެ. މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުންނަށް މިހާރު އެލިބިފައިވާ އަޣުލަބިއްޔަތުގެ ބޭނުން ހިފަން ގޮވާލައްވަމުން އެ ގެންދަވަނީ ހަމަ ރަނގަޅަށްތޯ ސުވާލު ކޮށްލާން އެބަޖެހެއެވެ. މިއަދު މަޖިލީހުގައި ލިބިފައި އޮތް އެބާރުގައި ތެދުވެވަޑައިގެން އެދައްކަވަނީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރަކު ދައްކަވާ ވާހަކައެއްގެ ސަބަބުން އޭނާއަށް ރުހުން ނުދޭނެ ވާހަކައެވެ. ނޫނީ އެބޭފުޅުން ގަޔާނުވާ ވަޒީރުންނަށް ރުހުން ނުދޭނެ ވާހަކައެވެ. އެމްޑީޕީގެ ސަރުކާރުން ހެދި ބަޖެޓުގައި ހިމެނި އައު ސަރުކާރުގެ ވަޢުދުތަކުގެ ބަޖެޓުގެ ތެރެއިން އެމްޑީޕީ މެންބަރުންނަށް ކަމުނުދާ ބައެއް އުނިކުރާނެ ކަމަށް ބުނެ އެކަންވެސް ކޮށްނިންމާލީއެވެ. ނަމަވެސް މާދަމާ މަޖިލީހުގެ އަޣުލަބިއްޔަތު އެތުރިގެންދާ ގޮތަކުން ތިމާމެންގެ ބާރު ކެނޑި އެއްކަލަ ބަޖެޓު އެފުށް މިފުށަށް ޖެހިދާނެ ކަމާއި އިސްލާހު ކުރާ ގާނޫނު ތަކާއި ގަވާއިދުތައް ވެސް މުޅިން އިދިކޮޅަށް ޖެހިދާނެ ކަމަށް ވިސްނާ ނުލައި މިއަދު ލިބިފައިވާ ބާރުގެ ބޭނުން ކުރާނީ ހަމަ މޮޔަކަމުންނެވެ. ހަމަ ނުވިސްނޭތީއެވެ.

މިކަންކަން މިމަގުން ހިނގުމުން މާޒީގައި އެންމެ ހިތި ތަޖުރިބާތައް ކުރަން ޖެހިފައި އޮތީވެސް އެމްޑީޕީއަށެވެ. އެތަޖުރިބާ ތަކުން ފިލާވަޅު ދަސްކުރުމުގެ ބަދަލުގައި ހަމަ އެމަގުން ކަން ކުރާން ދިމާ ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ޒަމާނީ ޑިމޮކްރެސީ ދަސްކޮށްދޭ ފިލާވަޅަކީ މެޖޯރިޓީއަށް ތަބާވެ މައިނޯރިޓީއަށް އިހުތިރާމު ކުރުމެވެ. މައިނޯރިޓީގެ އަޑުވެސް އެހުމެވެ. މި މަގުން ކަންކަން ނުހިނގާނަމަ ދެން އޮންނާނީ ކަނޑުގެ އުސޫލާއި ޖަންގަލީގެ ގާނޫނެވެ. ބޮޑުއެތި ނުކުމެ ކުޑައެތި ކާލުމެވެ.


ކިޔުންތެރިންގެ ހިޔާލު


5

މާހިރު

27-Dec-2023

ރައްޔިތުން އެއުރެބްގެ މަންދޫބުންގެގޮތުގައި މަޖިލީހަށް މިންބަރުން ހޮވީ ހިތުހުރިގޮތަކަށް ޤާނޫނުތައްހަދައި ،ހިތުހުރިގޮތަކަށް އުޅޭކަށްނޫން .


-5

ޒަމީރު

17-Dec-2023

ޤާނޫނީ ހަމަތަކުގެމަތިން ކުރީމަ އެވޭތަ ބަޣާވާތަކަށް, ދެން ބަޣާވާތަކަށްވިޔަސް އެއީ ޤާނޫނީ ހަމަތަކުގެމަތިން ކުރާކަމެއް ވިއްޔާ އެއީ ޤާނޫނު ހުއްދަކުރާ ބަޣާވާތަކަށްވާނެނު, ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވާފަހުރި ވެރިއަކު 2012 ގަ ވެރިކަމުން ދުރުކުރީމަ އެނުވި ބަޣާވާތަކަށް ދެއްތޮ.


-1

ކިރިމަން

17-Dec-2023

ބަޣާވާތެއް ނޫން ގާނޫނު އަސާސީގައި ދީފައިވާ ބާރެއް


-3

އިލްޔާސް

16-Dec-2023

ތިޔަފަދަ ސުރުޚީ އެޅުމަކީ ރައްޔިތިން މަޖްލިސްގެ ހުރްމަތާއި ބާރަށް ގެއްލުން ދިނުމެވެ! ހަގީގަތުގައި އެއިދާރާއިން ފިޔަވަޅު އަލަން ޖެހޭނެއެވެ. ދުސްތޫރީ ބިނާގެ ދަށުން އެމްޖްލިސްގެ ބާރެއް ތަންފީޒު ކުރުމަކީ ބަޣާވާތޭ ބުނެގެން ނުވާނެއެވ! ކަންކަން އިސްލާހު ނުވަނީ މިފަދައިން ދައުލަތުގެ ބާރުތަކަށް އަރައިގަންނަ ކަންކަން ފިޔަވަޅެއް ނާޅައި ދޫކުރެވޭލެއް ގިނަ ކަމުންނެވެ!!


5

ސައިޚް

16-Dec-2023

2012 ގެ ބަޣާވާތުގެ ވާހަކަ ދައްކަބަލަ ފުރަތަމަ,


17

ޙަސަނު

16-Dec-2023

އެމްޑީޕީޢަޚިޙަމަ ދިވެހި ރައްޔިތުން ގެ ޕާޓީއެއް. މަޖިލިސްގަތިބީ ރައްޔިތުން ހޮވި މެމްބަރުން. އެއީޜައްޔަތުންގެ މަޖިލިސް. ގާނޫނުހަދާނީ އެތަނުން. 80 މެމްބަރުން ތިބޭތަނެއްގަ ވޯޓުގުނާނީ 87 ކަމަށް ބަލައިގެނެއްނޫން. ގާނޫނަށް ބަދަލު އެގެންނަނީ އެކަންކުރަން ތިބިމީހުން. އެއިސްލާހު ހުށައެޅީ އެމްޑީޕީ މީހެއްނޫން. ކިއްވެދެން ބަޣާވާތަކަށް ވާންވީ. ނޫސްވެރިޔާގެ ބޯވެސް ތިބޭނުން ކުރަނީ އިސްތަށި ފަޅުވާށާ އެ ކޮށާތަނެއްގެ ގޮތުގަ އެކަނިތާ. ބަލަމަޖިލސްގަ ތިބީ މޯދީ އައްޔަންކުރި އިންޑިއާބައެއްނޫން. އެ މަޖިލިސްގެ ދައުރު އަދިހަމަނުވޭ. ބަލަ މަޖިލިސް މެމްބަރުން ގެ ވޯޓުގަ ގުނަނީ ލީމީހުންގެ ބޮލުގެ އަދަދު. ދެންނެތްދާއިރާތަކުގެ ބޯވެސް ގުނަންވީ ވޯޓުގަބައިވެރިވިމީހެއްގެ ބޯކަމަށްދޯ. ބަޣާވާތަކުން ވައްޓަންޏާ މިހާރުވެސް ވާނެ. ޢެބިލުވެއްދި ޕާޓިން ވޯޓުދޭނެ.


9

ތަރާދު

16-Dec-2023

މިހާރުން މިހާރަށް މަޖުލިސް އުވާލަން ޖެހޭ.



ޓްރެންޑިން