އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމަށް ދައުވަތު ދޭން މަޖިލީހުން ނިންމި ނިންމުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެެ.

އިބްރާ ފާޑުވިދާޅުވީ އަންނަ ހުކުރު ދުވަހު ހަވީރު ބާއްވާ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް ކުރީގެ ރައީސް ޔާމިނަށް ދައުވަތު ދޭނެ ކަމަށް ރަައްޔިތުންގެ މަޖިލީހުން ހާމަކުރުމާއި ގުޅިގެންނެެވެ. ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެެ. ރައީސް ޔާމިން މިވަގުތު ގޭބަންދަށް ބަދަލުކޮށްފައިވާއިރު ކަރެކްޝަނުން ވަނީ މާލެ ތެރޭގައި އުޅުއްވޭގޮތަށް އެމަނިކުފާނުގެ ބަންދަށް ލުއިތަކެއް ދީފައެވެ.



އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވީ ރައީސް ޔާމިނަށް ލުއި ދިނުމަކީ ވަކިކަމެއް ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމުހޫރިއްޔާ ހުވާކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި މަޖިލީހުން ދައުވަތު ދީގެން ހުކުމެއް ތަންފީޒުކުރަމުން ގެންދާ ގަައިދީއަކު އިއްޒަތުގައި ބެއިންދުން ބަލައިނުގަނެވޭ ކަމަށް އިބްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަންކަން ކުރުމުގައި ކޮންމެވެސް ވަރެެއްގެ ހަމަޔަކާއި ލަދުވެތި ކަމެއް ވެސް އޮންނަންވާނެ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުރެގެން ރައްޔިތުންނަށް ޚިޔާނަތްތެރިވެ ގާނޫނު މުގުރުމުގެ ކުށް، ސާބިތުވެފައިވާ މީހަކު ދައުލަތުގެ ތިންބާރުގެ ވެރިންނާއެކު އެއް މަޖިލީހެއްގައި އެެއް އިއްޒަތެއްގައި ބެއިންދޭނެ ހެއްޔެވެ؟" އިބްރާ ސުވާލު ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު