ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔަ ކުރައްވާތީ ފުލުހުންނާއި ބައްދަލުކުރަން ނިންމަވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނޮވެންބަރު 11 ވަނަ ދުވަހު ނުވަތަ އޭގެ ކުރީގެ ތާރިޙެއްގައި ފުލުހުންގެ ޚިދުމަތުން ރިޓަޔަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ސޮއިކޮށް ފުލުހުންގެ ކޮމާންޑްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނީ ސީޕީ ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ކުރީން ހިދުމަތުގައި މިހާރު ތިއްބި ހުރިހާ ފުލުހުންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެ މެމޯގައި ބުނެފައިވެއެވެ. އެެހެން ކަމުން ކޮމާންޑްތަކުގައި ހިމެނޭ ހުރިހާ މުވައްޒިފުން މިރޭ އޮންނަ ބައްދަލްވުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިރޭގެ ބައްދަލްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 8:30 ގައި އިސްކަންދަރު ކޮށި ގްރައުންޑް ފްލޯ ގައެވެ.



ކިޔުންތެރިންގެ ހިޔާލު