ކުރީގެ ސަރުކާރުންވެސް ފަހުވަގުތު ފްލެޓްތައް ދޫކުރުމުން، ޢާންމުން ޝަކުވާކޮށް މުޒާހަރާ ކުރި ކަމަށް އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރާކަތްތެރިވެވަޑައިގެންނެވި އިޤްތިޞާދީ މާހިރެއް ކަމުގައިވާ މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދޫކުރާ ގޮތާއި މެދު ޢާންމުން ޝަކުވާ ކުރަމުންދާ ދިއުމަށް އިޝާރަތް ކުރައްވައެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އިމާރާތްކުރުވި ހިޔާ ފްލެޓްތައް ދޫކުރިގޮތާއި ދޭތެރޭގައިވެސް އާންމުންގެ ގިނަ ބަޔަކު ޝަކުވާކޮށްފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް އަލުން އިވޭލުއޭޓްކުރި ކަންވެސް ނަސީމް ހަނދާން ކޮށްދެއްވާފައި ވެއެވެ.



މިސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭ މީހުން އިޢުލާން ކުރުމުން އެލިސްޓާއިމެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ވަނީ ޝަކުވާކޮށްފައެވެ. އެހެންކަމުން، އޭސީސީން ވެސް ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް