ފަލަސްތީންގެ ރައްޔިތުންގެ ޙައްޤުތައް ދިފާއުކުރުމާމެދު ހުށަހެޅި ގަރާރު ކުރިއަށްނުގޮސް އޮތީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ޙައްޤުގައި މީސްމީޑިއާގައި ވަރަށް ގިނައިން ޚިޔާލު ފާޅުކުރައްވާ ސައުދު މިއަދު ވިދާޅުވިގޮތުގައި މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށްނުދާތީ ވަރަށް ބައިވަރު މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ފަލަސްތީން ރައްޔިތުންގެ ޙައްޤުތައް ދިފާއުކުރުމަށް އޭނާ ހުށަހެޅުއްވި ޤަރާރުގެ މަސައްކަތްވެސް ކުރިއަށް ނުދާކަން ސައުދު ފާހަގަކުރެއްވިއެވެ.
ސައުދު ވިދާޅުވީ މަޖިލީސް ޤަވާއިދުގައި މަޖިލީސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމުގެ އިތުރުން އިޒްރޭލާއި ރާއްޖެ އާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ގޮވާލާ ގަރާރެއް ސައުދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އިސްރާއީލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައްވާފައި ވެއެވެ.

Majlis gawaaidh hithu huri gothakah maanakoh Majlis huttuvaafa othumuge sababun palestine rayyithunge hagguthah dhifau kurumah dhivehi raajjeyge rayyithunge majlis in bahus koh faaskuran jehey Qaraaruge masakkai ves mivanee huttifa. Mi ee nuhanu kanboduvaa kameh. Rayyithunge…
— Saud Hussain (@SaudVillingili) November 7, 2023
ސައުދު ވިދާޅުވީ މަޖިލީސް ޤަވާއިދުގައި މަޖިލީސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމުގެ އިތުރުން އިޒްރޭލާއި ރާއްޖެ އާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ގޮވާލާ ގަރާރެއް ސައުދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އިސްރާއީލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައްވާފައި ވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު