ފަލަސްތީނަށް ތާއީދުކުރާތީ ޖަރުމަން ލީގް ފުޓްބޯޅަ ކްލަބް މައިންޒަށް ކުޅެމުންދާ އަންވަރް އެލް ގާޒީގެ ކޮންޓްރެކްޓް އުވާލައިފިއެވެ.
ހުކުރު ދުވަހު މައިންޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލް ޣާޒީއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ "ސޯޝަލް މީޑިއާގައި ކުޅުންތެރިޔާ ޝާއިއުކުރި ކޮމެންޓްތަކާއި ޕޯސްޓްތަކުގެ ސަބަބުން" ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ޑިލީޓް ކުރި ޕޯސްޓެއްގެ ސަބަބުން ނެދަލޭންޑްސްގެ އެލް ޣާޒީ، 28، މީގެ ކުރިން ކްލަބުން ސަސްޕެންޑް ކުރި ނަމަވެސް މި ހަފްތާގެ ކުރީކޮޅު އޭނާއަށް އެނބުރި ޕްރެކްޓިސްއަށް އައުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެން ނަމަވެސް، އެ ސަސްޕެންޝަނާއި ބެހޭގޮތުން ނުރުހުން ފާޅުކުރަމުން އެލް ގާޒީ ބުނީ އޭނާ ވަކި ދައުލަތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައި ނުވާ ކަމަށާއި އޭނާ ވަކާލާތު ކުރީ ދުނިޔޭގެ ސުލްހަވެރި ކަމަށް ކަމަށެވެ. އޭނާ މިފަދައިން ޕޯސްޓުކުރުމުން ކްލަބުން ވަނީ އެލް ގާޒީ ދޫކޮށްލަން ނިންމާފައެވެ.
"އެކަނިވިޔަސް ޙައްޤަށް ބަސްބުނާނަން. ޣައްޒާގެ މައުސޫމް އަދި ނާޒުކު މީހުންގެ މައްޗަށް ކުރާ އަނިޔާތަކާއި އަޅާބަލާއިރު އަހަރެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ގެއްލުމަކީ އެއްވެސް ކަމެއް ނޫން." އެލް ޣާޒީ ކްލަބުން ވަކިކުރި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ހުކުރު ދުވަހު އެލް ޣާޒީ ކްލަބުން ވަކިކުރުމުގެ ކުރިން ޖަރުމަނުގެ ޕީޖީން ވަނީ "ނަފްރަތަށް ބާރުއެޅުމާ ގުޅިގެން ޖިނާއީ އަމަލުތަކަށް ބޯލަނބާ އާންމު ސުލްހަ ގެއްލޭ ފަދަ ޕޯސްޓެއް ކޮށްފައިވާ" ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.

— Anwar El Ghazi (@elghazi1995) November 3, 2023
ހުކުރު ދުވަހު އެލް ޣާޒީ ކްލަބުން ވަކިކުރުމުގެ ކުރިން ޖަރުމަނުގެ ޕީޖީން ވަނީ "ނަފްރަތަށް ބާރުއެޅުމާ ގުޅިގެން ޖިނާއީ އަމަލުތަކަށް ބޯލަނބާ އާންމު ސުލްހަ ގެއްލޭ ފަދަ ޕޯސްޓެއް ކޮށްފައިވާ" ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު