މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މޫދަށް ފުންމާލައިގެން ފިލަން އުޅެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ޒުވާނާ މޫދަށް ފުންމާލީ ފުލުހުންގެ ކަސްޓޯޑިއަލް ޖަލު، އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި، އަތޮޅު ވެއްސާއި މާދުރު ނޫން ހިސާބަކުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މޫދަށް ފުންމާލީ ފުލުހުންގެ ވެހިކަލުން އަތޮޅުވެހި ކައިރިއަށް ބޭލިތަނުންނެވެ. އަދި މޫދަށް ފުންމާލުމަށްފަހު ތޮށިންވެސް ބޭރަށް އޭނާ ނިކުމެ، ކަނޑަށް އެރިގެން އުޅުނު މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މޫދަށް ފުންމާލި މީހާ ނެގުމަށް ވަގުތުން ފުލުހުންގެ ދެ ލޯންޗެއް އެ ސަރަހައްދަށް ދިޔައެވެ. އަދި އޭނާ ނަގައިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާވެސް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު