ދައުލަތަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫޢެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ އިތުރުކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަމަށެވެ. އެގޮތުން ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާއިރު، މި ސަރުކާރުން އެކަނި އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާކަން ސަޢީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ، މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތްނަމަވެސް، ދައުލަތަށް ޢާމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫޢެއް މި ސަރުކާރަށް ހިންގިފައި ނުވާކަމަށެވެ. އަދި ތިލަމާލޭ ބްރިޖު މަޝްރޫޢު ނުނިމި ދިގުލައިގެން ދިޔުން މިކަމުގެ މިސާލަކަށް ފުދޭކަމަށް ސަޢީދު ވިދާޅުވިއެވެ. ހަމައެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވަނީ ސިޔާސީ އެކި ބޭނުންތަކަށް މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްފައިވާކަމަށް ތުޙުމަތު ކުރައްވާފައެވެ. އަދި ޢާމްދަނީ ލިބޭ މަޝްރޫޢެއް ނެގި ލޯނުތަކުން ނުހިންގޭ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"އަވަށްޓެރި ބައެއް ޤައުމުތަކުން، ޚާއްސަކޮށް އިންޑިއާއިން ނަގާފައިވާ ދަރަނި 3.2 ބިލިއަން، 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އެބަ އަރާ. އެހެންނަމަވެސް، އެ ނެގި ދަރަންޏެއް ރިއަލައިޒް ވެފައެއް ނެތޭ މަޝްރޫޢަކަށެއް. ސީދާ ޢާމްދަނީ ލިބޭނެ މަޝްރޫޢަކަށް." ސަޢީދު ވިދާޅުވިއެވެ.
ޕީއެން.ސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ސަޢީދު ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަޙަތާއި ތަރައްޤީއާއި ކުރިއެރުމަށް އިސްކަންދޭ ސިޔާސަތެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު