އެމެރިކާގެ ނޭވަލް އެކެޑެމީގައި ހިންގާ "ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކުލާސް އޮފް 2028"ގައި ބައިވެރިވުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޑީއެފުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކުލާސް އޮފް 2028 ކޯހަކީ ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯހެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ކޯހުގައި ބައިވެރިވާން އެދޭ މީހުންނަކީ ސިފައިންނަށްވުން ލާޒިމެއް ނޫނެވެ. އަދި ކޯހަށް ފުރުސަތު ދޭނެ ފަރާތްތައް ކަނޑައަޅާނީ ނޭވަލް އެކެޑެމީއިން ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.
ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ އެއޮރޮ ސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އިންޖިނިއަރިން، އޯޝަންގްރޮފީ، ނޭވަލް އާކިޓެކްޗާ، ފިޒިކްސް، ކެމިސްޓްރީ، ސައިބަރ އޮޕަރޭޝަން، އިކޮނޮމިކްސް، ސައިންސް، މެތަމެޓިކްސް، އޮޕަރޭޝަން ރިސާޗް، ޕޮލިޓިކަލް ސައިންސް ފަދަ ދާއިރާތައް ހިމެނެއެވެ.
މި ސްކޮލާޝިޕަށް އެދި ފޯމު ހުށަހެޅަން ޖެހޭނީ މިމަހުގެ 9 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށެވެެ.

ކިޔުންތެރިންގެ ހިޔާލު