ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްލުމަށް އެލައިޑު އިންޝިއުރަންސްގެ ހޯމް ކޮންޓެންޓް ޕްލޭން ނަންގަވައިގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު އެލައިޑުން ވަނީ ހުޅުވާލައިފައެވެ.

މިޕްރޮމޯޝަނުގައި ބައިވެރިވުމަށް އެލައިޑު އިންޝިއުރަންސްގެ ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް އޮންލައިންކޮށް ހޯމް ކޮންޓެންޓް ޕްލޭން ނަންގަވަންވީއެވެ. އެއަށްފަހު އެލައިޑު އިންޝިއުރަންސް ކޮމްޕެނީ އަދި އަޔާދީ ތަކަފުލް ޓެގްކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްލައްވާށެވެ.

އެލައިޑު އިންޝިއުރަންސްގެ މިހާއްސަ ޕްރޮމޯޝަނުގެ ދަށުން ހޮވޭ ހާއްސަ ނަސީބުވެރިއަކަށް 50 އިންޗީއްގެ ޓީވީ އެއް ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް އެލައިޑުން ހާމަކޮށްފައިވެއެވެ.



އެލައިޑު އިންޝިއުރަންސްގެ ހޯމް ކޮންޓެންޓް ޕްލޭން އަކީ ގޭގައި ހުންނަ ފަރުނީޗަރާއި އެހެނިހެން އަގުހުރި ތަކެތި ވައްކަމާއި ގުދުރަތީ ކާރިސާތައް ފަދަ ހާދިސާތަކުން ރައްކާތެރިކުރެވޭނެ ޕްލޭނެކެވެ.

އިންޝިއުރަންސް ޕްލޭނެއް ބައްލަވައިގަތުމުން ހާއްސަ އިނާމެއް ލިބޭ މި ޕްރޮމޯޝަން ނޮވެމްބަރ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެލައިޑު އިންޝިއުރަންސް ކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން