މާޝާ މިދުހަތު   25 އޮކްޓޯބަރު 2023 - 2:50
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގ ކުންފުނީގެ ވިލާމާޓުގެ ފަސްވަނަ ފިހާރަ ހުޅުވައިފިއެވެ.

ވިލާމާޓުގެ ފަސްވަނަ ފިހާރަ ގާއިމުކޮށްފައިވަނީ ހެންވޭރު ކާސިންޖީ މަގުގައެވެ.

2021 ވަނަ އަހަރު އުފެދިގެން އައި ވިލާ ޓްރޭޑިންގ ކުންފުންޏަކީ ޖެނެރަލް ޓްރޭޑިންގ އަށް ހާއްސަ ކުންފުންޏެކެވެ. ވިލާމާޓަކީ ވިލާ ޓްރޭޑިންގގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެކެވެ. މިހާރު މާލެ ސަރަހައްދުގައި ގިނަ ބަޔަކުގެ މަގުބޫލުކަން ލިބިފައިވާ ވިލާ މާޓުގެ ހަތަރު ފިހާރައެއް މާލޭގައި ހިންގަމުންދާއިރު، ހުޅުމާލެ ފޭސް ދޭއް ގައިވެސް ވިލާ މާޓުގެ ފިހާރައެއް ވަނީ ގާއިމުކޮށްފައެވެ.

ވިލާމާޓް އިން އަލަށް ހުޅުވި ފިހާރައިންވެސް އެކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ. މީގެ ތެރޭގައި، ކޮސްމެޓިކްސް އަދި ގޭތެރެއަށް ބޭނުންވާނެ އެހެނިހެން ސާމާނުގެ އިތުރުން ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައްވެސް ހިމެނެއެވެ.

ވިލާމާޓުގެ އަމާޒަކީ މި ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓަރުންގެ ތެރޭގައި ހިމެނުމެވެ.

މީގެ އިތުރުން ވިލާ މާޓުން ފަސޭހައިން ވިޔަފާރިކޮށްލުމަށް ވިލާ މާޓުގެ ހާއްސަ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކޮށްލެވޭނެއެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލުމުން، ގަންނަ މުދާ ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތްވެސް ވިލާމާޓުން ފޯރުކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ކޮރަކަލި

25-Oct-2023

ރަގަޅު ކޮލިޓީގެ ކާބޯތަކި ހެޔޮއަގެއްގައި އަޅުގަނޑުމެނާއި ހަމަޔަ ފޯރުކޮއްދޭބަޔަކު އައުމަކީ ރަގަޅުފާލެއް



ޓްރެންޑިން