ރާޔާ ރިޟާ   22 އޮކްޓޯބަރު 2023 - 13:13
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖް ކުންޑްރާއާއި ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ރާޖް ވަނީ ޝިލްޕާއާއި ދެމީހުން ވަކިން ދިރިއުޅެން ފަށާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

2009 ވަނަ އަހަރުގައި ކައިވެނިކުރި ޝިލްޕާއާއި ރާޖްގެ 2 ކުދިން ތިބެއެވެ.

ރާޖް ވަނީ މީގެ ކުރީގައިވެސް މީހަކާއި ކައިވެނިކޮށް ވަރިކޮށްފައެވެ. އޭނާގެ ކުރީގެ އަންހެނުން ބުނާ ގޮތުގައި އެދެމީހުންގެ ކައިވެނި ރޫޅުނީ ޝިލްޕާގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން