ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި ތާޕްސީ ޕަންނޫ ވެބް ސީރީޒް ޕްރޮޑަކްޝަން ދާއިރާއަށް ވަންނަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ތާޕްސީ ވެބް ސީރީޒް ޕްރޮޑިއުސްކުރަން ނިންމާފައިވަނީ މިދިޔަ ހަފްތާގައި ރިލީޒްވި އޭނާ ޕްރޮޑިއުސްކުރި "ދަކް ދަކް"ގެ ކާމިޔާބީއަށްފަހުއެވެ. އޭނާގެ ވެބް ސީރީޒްގައި ކާސްޓުކުަރަނީ ކޮން ފަންނާނުންނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

"ޕިންކް" ފަދަ ފިލްމުތަކުގައި ހަރަކާތްތެރިވި މި ބަތަލާގެ ޕްރޮޑަކްޝަން ކުންފުނި "އައުޓްސައިޑަރ ފިލްމްސް" ލޯންޗްކުރީ 2021 ވަނަ އަހަރުގައެވެ.

ތާޕްސީގެ މަސައްކަތެއް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޝާހު ރުކް ޚާންއާއި އެއްކޮށް ހަރަކާތްތެރިވި ފިލްމު "ދުންކީ"އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން