ފިނި މޫސުމާއި ދިމާކޮށް ކަޒަކިސްތާނުގެ ޤައުމީ އެއާލައިން އެއާ އަސްތާނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ފިިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް އެކި ޤައުމުތަކުގެ ފަތުރުވެރިން ގޮވައިގެން އިންޓަނޭޝަނަލް އެއާލައިންތަކުން ދަތުރުކުރެއެވެ. އެގޮތުން، ފިނި މޫސުމާއި ދިމާކޮށް މިއަދު ހެނދުނު 07:22 ގައި އެއާ އަސްތާނާގެ ޑައިރެކްޓް ފްލައިޓެއް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ. އެއީ އެއާ އަސްތާނާގެ އެއާބަސް 321 ނިއޯ މަރުކާގެ މަތިންދާ ބޯޓެވެ.

އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ކަޒަކްސްތާންގެ އަލްމަޓީ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓާއި ދެމެދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން