ފަލަސްތީން ރައްޔިތުންގެ ޙައްޤުތައް އިޢާދަކުރުމަށް މަސައްކަތްކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އަލް މަސްޖިދުލް އަޤްޞާ މިނިވަންކޮށް، ފަލަސްތީން ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަކީ، މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި، ރައްޔިތުންގެ މައްޗަށް އޮތް މަތިވެރި ވާޖިބެކެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

"މަސްޖިދުލް އަޤްޞާގެ މާތްކަން" މި މައުޟޫއަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ މަސްޖިދުލް އަޤްޞާއަކީ މާތް ރަސްކަލާނގެ މާތްކުރެއްވި ތިން ބިމުގެ ތެރެއިން އެއް ބިން ކަމަށް ބުނެފައެވެ. އަދި މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.

ހަމައެއާއިއެކު، ގުދުސްއަކީ ޔަހޫދީންނާއި ޒަޔަނިސްޓުންގެ ބިމެއް ނޫންކަން ތާރީޚީގޮތުންވެސް އަދި ދީނީގޮތުންވެސް ކަނޑައެޅޭކަށް ނެތްކަން ޙުތުބާގައި ބުނެފައި ވެއެވެ.

"މިއަދު އަލް މަސްޖިދުލް އަޤްޞާއާއި އެމިސްކިތް ހިމެނޭ ބިން، އަލްޤުދުސް އެވަނީ، ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައެވެ. އެތަނުގެ ޙުރުމަތް ކަނޑައި، އެތަން ތަޅާލުމަށްޓަކައި އަނިޔާވެރި އެތައް އަމަލުތަކެއް އެ ދަނީ ހިންގަމުންނެވެ."

މީގެ އިތުރަށްވެސް، ހުކުރު ޚުތުބާގައި ވަނީ އެ ރަށުގެ އަހުލުވެރިންގެ ނަސްލު ނައްތާލަން ޔަހޫދީން ކުރަމުން ދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން