ރާޔާ ރިޟާ   13 އޮކްޓޯބަރު 2023 - 13:59
ހުކުރު ދުވަހުގައި ދިވެހިންގެ ސުފުރާމަތިން ކުކުޅު ނުފެނި ދިއުމަކީ ވަރަށް ނުވާނެ ކަމެކެވެ.

މިފަހަރު މި ގެނެސްދެނީ މުޅިން އައު ރަހައަކަށް ތައްޔާރުކޮށްލެވޭ ޕާކިސްތާނުގެ ތަފާތު ރެސިޕީއެކެވެ. މި ރެސިޕީ ޢާންމުކޮށް ތައްޔާރުކުރަނީ ކްލޭ ޕޮޓްއްގައެވެ. ކްލޭ ޕޮޓް ތެރޭގައި ތައްޔާރުކުރީމަ ތަންޑޫރީ ކުކުޅު ރަހަ ލާނެއެވެ.

ބޭނުންވާ ތަކެތި:

500 ގ ބޯންލެސް ކުކުޅު

ލޮނު

ލުނބޯ

1 ސައިސަމްސާ އަސޭ މިރުސް

1 ސައިސަމްސާ މުގުރި މިރުސް

1 ސައިސަމްސާ ހިމުންކޮށްފައިވާ ހިކި މިރުސް

1 މޭޒުމަތީ ސަމްސާ ލޮނުމެދާއި އިނގުރު ޕޭސްޓް

ކާ ކުލަ (އިޙްތިޔާރީ)

ކުކިންގ އޮއިލް

ފިޔާ

މިރުސް

6 ޓޮމާޓޯ އިން ތައްޔާރުކޮށްފައިވާ ޕިއުރީ

1 ސައިސަމްސާ ދިރި ޕައުޑަރ

1 ސައިސަމްސާ ހޮޓް ސްޕައިސަސް ޕައުޑާ

1 ސައިސަމްސާ ކޮތަނބިރި ޕައުޑަރ

1 މޭޒުމަތީ ސަމްސާ އަލްމަންޑް، ކެޝޫ ނަޓް އަދި ޕިސްޓާޗިއޯ ޕައުޑާ

2 މޭޒުމަތީ ސަމްސާ ކުކިންގ ކްރީމް

½ ޖޯޑު ޗިކަން ސްޓޮކް

ކޮރިއަންޑާ ފަތް

1 މޭޒުމަތީ ސަމްސާ ބަޓަރ

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް ލޮނު، ލުނބޯ ހުތް، ލޮނުމެދު އިނގުރު ޕޭސްޓް، މުގުރި މިރުސް، ހިކި މިރުސް، ހޮޓް ސްޕައިސަސް ޕައުޑާ، އަސޭ މިރުހާއި ކުކިންގ އޮއިލް އަޅާފައި ކުކުޅުކޮޅު ރަނގަޅަށް މެރިނޭޓްކޮށްލާށެވެ. އަދި 30 މިނެޓް ވަންދެން ފްރިޖް ތެރޭގައި ބަހައްޓާށެވެ.

2- އެއަށްފަހު، މެރިނޭޓްކޮށްފައިވާ ކުކުޅުކޮޅު ފިހެލާށެވެ.

3- ތެއްޔެއްގެ ތެރެއަށް ކުކިންގ އޮއިލް، ފިޔާ، މިރުސް އަދި ލޮނުމެދާއި އިނގުރު ޕޭސްޓް އަޅާފައި ފިޔާ މީރުކުރާށެވެ.

4- އޭގެ ތެރެއަށް ޓޮމާޓޯ ޕިއުރީ، ލޮނު، މުގުރި މިރުސް، ދިރި ޕައުޑާ، ކޮތަނބިރި ޕައުޑާ އަޅައިގެން 3-4 މިނެޓަށް ކައްކާލާށެވެ.

5- ފިހެފައިވާ ކުކުޅުވެސް ތެލީގެ ތެރެއަށް އެޅުމަށްފަހު، އަލްމަންޑް، ކެޝޫ ނަޓް އަދި ޕިސްޓާޗިއޯ ޕައުޑާއާއި ކުކިންގ ކްރީމްކޮޅަކާއި ޗިކަން ސްޓޮކް އަޅައިގެން ރަނގަޅަށް ކައްކާލާށެވެ. ކައްކާ ނިމުމުން، ކޮރިއަންޑާ އަދި ބަޓާރ ކޮޅެއް އޭގެ މައްޗަށް ފަތުރާލީމާ ބާބަކިއު ޗިކަން އެހުރީ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން