ލޭ ސާފުނުވުމަކީ ސިއްހީ ގޮތުން އެކިއެކި މައްސަލަަތައް ކުރިމަތިކުރުވާ ކަމެކެވެ. މިއީ ދިފާއީ ނިޒާމަށްވެސް ވަރަށް މުހިންމު ކަމެކެވެ.



ޑީޓޮކްސިފިކޭޝަނަކީ ހިޖާމާއެކޭ އެއްގޮތަށް ހަށިގަނޑުގެ ތެރޭގައިވާ ވިހަ ލޭތަކާއި ބޭކާރު މާއްދާތައް ލެއިން ސާފުކޮށްދޭ ފަދަ ކެއިން ބުއިން ބޭނުންކުރުމެވެ. މި ލިޔުމުގައި މި ބަލާލަނީ ޑީޓޮކްސްކޮށްދޭނެ ބައެއް ކާނާއަށެވެ.

1- ލުނބޯ

ހަކުރު ނާޅާ ލުނބޯ ހިމެނޭ ބުއިންތަކަކީ ޢާންމުކޮށް ޑިޓޮކްސް ކުރުމަށް ބޭނުންކުރެވޭ ބާވަތްތަކެވެ. ލުނބޯ އަކީ ފުރަމޭ ސާފުކޮށްދީ، ހަޖަމުކުރުމާއި ވިހަ ނައްތާލުމުގައި އެހީތެރިވެދޭ މާއްދާ ބައިލް އުފައްދާ އެއްޗެކެވެ.

2- ލޮނުމެދު

ލޮނުމެދުން ފުރަމޭގެ އެންޒައިމްތައް ދައުރުކޮށްދީގެން، ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

3- ބީޓްރޫޓް

ބީޓްރޫޓަކީ އެންޓިއޮކްސިޑެންޓް ހިމެނޭ ތަރުކާރީއެކެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުން ފްރީ ރެޑިކަލްސް ނައްތާލަދޭ މާއްދާއެކެވެ. ފްރީ ރެޑިކަލްސްއަކީ ކެންސަރަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

4- ޗިއާ ސީޑްސް

ޗިއާ ސީޑްސްއަކީ ފައިބަރއިން މުއްސަނދިވެފައިވާ ބާވަތެކެވެ. ފައިބަރއަކީ ހަޖަމްކުރުމުގެ ނިޒާމު ވަރުގަދަކޮށްދޭ މާއްދާއެކެވެ. ކާބޯތަކެތި ރަނގަޅަށް ހަޖަމްވުމުން، ހަށިގަނޑުގައި ހުންނަ ބޭކާރު ބައި ބޭރުވެ، ސާފު ލޭ ދައުރުވުމުގައި އެހީތެރިވެދޭނެއެވެ.

5- ކެބެޖް

ކެބެޖްގައި ހިމެނެނީ ޑިޓޮކްސިފިކޭޝަން ޕްރޮސެސްއަށް އެހީތެރިވެދޭ އަދި ހަށިގަނޑުން ގެއްލުން ހުރި ވިހަ މާއްދާތައް ނައްތާލާ ސަލްފަރ ކޮމްޕައުންޑްތަކެކެވެ.

6- އެވޮކާޑޯ

އެވޮކާޑޯގައި ގްލޫޓާތިއޯން ގިނައިން ހުންނައިރު، މިއީ ފުރަމޭއިން ގެއްލުން ހުރި ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ އަދި ޖުމްލަ ގޮތެއްގައި ޑިޓޮކްސިފިކޭޝަނަށް އެހީތެރިވެދޭ ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ.

7- އިނގުރު

އިނގުރަކީ ހަޖަމުކުރުމަށް ފަސޭހަކޮށްދޭ، ލޭދައުރުވުން ރަނގަޅުކޮށްދީގެން ހަށިގަނޑުން ވިހަ މާއްދާތައް ފޮހެލުމަށް އެހީތެރިވެދޭ ބާވަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން