އިނގިރޭސި ޝާހީ އާއިލާގެ މެންބަރުންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ބަޔޮޕިކް ޑްރާމް ސިލްސިލާ "ދަ ކްރައުން"ގެ އެންމެ ފަހު ސީޒަން މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

ނެޓްފްލިކްސްއިން ބުނާގޮތުގައި މިފަހަރުގެ ސީޒަންގައި ކުއީން އެލިޒަބަތްގެ ޒުވާން ދައުރުގެ ވާހަކައެއްވެސް ކޮންމެވެސް ވަރަކަށް ހިމަނާފައިވާނެއެވެ. އަދި ހަމައެއާއިއެކު، 2 ބަޔަށް ބެހިފައިިވާ މި ސީޒަންގައި ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަންގެ ލޯބީގެ ވާހަކައަށްވެސް އަލިއަޅުވާލާފައިވާނެއެވެ.

ފައިނަލް ސީޒަންގެ ފުރަތަމަ ޕާޓް ނެރޭނީ ނޮވެމްބަރ 16 ގައެވެ. އަދި ދެވަނަ ޕާޓް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 14 ގައެވެ.

މި ސީރީޒްގައި ދައްކުވައިދެނީ ރަސްކަމަށްޓަކައި ޝާހީ އާއިލާ މީހުންގެ ދިރިއުޅުމުގައި ވަމުންދިޔަ ގުރުބާނީތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން