އުމުރުން 104 އަހަރުގެ އެމެރިކާ އަންހެނަކު ދުނިޔޭގައި ޓޭންޑެމް ސްކައިޑައިވް ކުރި އެންމެ ދޮށީ މީހާގެ ރިކޯޑް މުގުރާލައިފިއެވެ.

ޑޮރޯތީ ހޮފްނަރގެ ކުރިން މި ރިކޯޑް ގާއިމްކޮށްފައިވަނީ އުމުރުން 103 އަހަރުގެ ސްވިޑަން އަންހެނެކެވެ. ޑޮރޯތީ ސްކައިޑައިވްކޮށްފައިވަނީ އެމެރިކަން ޕޭރޭޝޫޓް އެސޯސިއޭޝަންގެ ޓެންޑަމް ޕޭރޭޝޫޓް އިންސްޓްރަކްޓަރަކާއި އެކީގައެވެ. އެމެރިކާގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އަލަށްވެސް ސްކައިޑައިވް ކުރަން ފެށީ އުމުރުން 100 އަހަރުގައެވެ. ޑޮރޯތީއާއި އެކީ ސްކައިޑައިވްކުރި އިންސްޓްރަކްޓަރ ބުނި ގޮތުގައި އެ ކުޅިވަރުގައި ބައިވެރިވާ ޒުވާނުންނަށްވުރެ ޑޮރޯތީ މާ ޖެހިލުން ކުޑަ ކަމަށެވެ.



"ސްކައިޑައިވިން އަކީ ވަރަށް ސަޅި ތަޖުރިބާއެއް، އަދި އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫން. އެހެންމީހުންވެސް ތަޖުރިބާކޮށްލަން ރަނގަޅު." ޑޮރޯތީގެ ތަޖުރިބާއާއި ބެހޭ ގޮތުން އޭނާ ބުނެފައިވެއެވެ.

ޑޮރޯތީއަށް އެހީވި ކުންފުނިން މިހާރު ދަނީ މި ރިކޯޑް ރަސްމީކޮށް ގިނެސް ވޯލްޑް ރިކޯޑްސް ފޮތުގައި ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން