ހިންދީ ޑްރާމާތަކުގެ ލީޑް ރޯލް ކުޅެގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކްރިތިކާ ކަމްރާ ޑްރާމާ ސިލްސިލާތައް ހުއްޓާލާ ފިލްމު ކުޅެން ފެށި ސަބަބު ހާމަކޮށްފިއެވެ.

"ކިތްނީ މުހައްބަތް ހޭ" ޑްރާމާއިން ތައާރަފްވި ކްރިތިކާ ވަނީ ޓެލެވިޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ހިންދީ ޑްރާމާތަކުގެ އޮނިގަނޑު އެހާ ރަނގަޅު ނޫން ކަމަށެވެ. އަދި ކޮންޓެންޓްގައި އެއްވެސް ވަރަކަށް ކުރިއެރުން ލިބޭ ފަދަ ތަފާތުކަމެއް ނުފެންނަ ކަމަށާއި މައިދައިތައާއި ދަނބިދަރިއާއި ދެމެދު ޖެހޭ މައްސަލަތައް ނޫން އިތުރު ކަމެއް ބެލުންތެރިންނާއި ހަމައަށް ނުގެނެސްދޭ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ކުރިން ބަތަލާ ރާދިކާ މަދަންވެސް ދައްކާފައިވާ މިފަދަ ވާހަކަތަކަށް އެކްތާ ކަޕޫރް ފަދަ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މީހުން ފާޑުކިޔާ ބަސްބުނެފައި ވެއެވެ.

އެންމެފަހުން ކްރިތިކާ މަސައްކަތް ކޮށްފައިވަނީ ކްރައިމް ތްރިލާ "ބަމްބާއި މޭރީ ޖާން" މި ފިލްމުގައެވެ.

ކްރިތިކާ ބުނީ މިހާރު އެންމެ ތަފާތު ސްކްރިޕްޓްތައް ފެންނަަނީ ވެބް ސީރީޒް ނުވަތަ ވެބަށް ރިލީޒްވާ ފިލްމުތަކުން ކަމަށެވެ. އެހެންކަމުން، ޓީވީގައި ކުޅުނު އަނބިމީހާ ނުވަތަ ދަނބިދަރީގެ ރޯލްތަކުން އޭނާ ފެނިގެންނުދާނެ ކަމުގެ ޔަގީންކަން ދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން