އެކަށީގެންނުވާ ބަހުރުވައިން ބަލިމީހެއްގެ އެހީތެރިންނާ މުޢާމަލާތްކުރި ޑޮކްޓަރެއްގެ މައްސަލަ ބަލަމުންގެންދާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ބަލިމީހާގެ ޢާއިލާ މީހަކު މީސްމީޑިއާގައި ބުނެފައިވަނީ، ޑޮކްޓަރ ހިތްހަމަނުޖެހުނީ ފުއްޕާމޭގެ ބައްޔަކަށް އައިޖީއެމްއެޗްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދަމުންދާ ކުއްޖެއްގެ މަންމަ، އެކުއްޖާގެ ހުރިހާ ރިޕޯޓްތަކާއި ހިސްޓްރީއެއް އައިޖީއެމްއެޗުގައި ހުންނާނެ ކަމަށް ބުނުމުން ކަމަށެވެ.
އެކުއްޖާއަކީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުން ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ފަރާތެއް ކަމަށް ޢާއިލާއިންވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް އެކަށީގެންނުވާ ބަހުރުވައިން ބަލިމީހެއްގެ އެހީތެރިންނާ މުޢާމަލާތްކުރި މައްސަލައެއް ހޮސްޕިޓަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މި މައްސަލަ މި ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއެކު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމުގައި ދެންނެވީމެވެ." އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެ އެވެ.
އާއިލާގެ ފަރާތުން މީސްމީޑިއާގައި ބުނެފައިވަނީ ޑޮކްޓަރ ވަނީ ބަލިކުއްޖާގެ މަންމައާ ދިމާލަށް ބޭއަދަބީކޮށް މުޢާމަލާތްކޮށް ވޯޑު ތެރޭގައި އަޑުގަދަކޮށްފައި ކަމަށެވެ. އަދި ޑޮކްޓަރުގެ ރުޅި ކޮންޓްރޯލް ނުވުމުން އަނގަ މަތީ އަޅާފައި އޮތް މާސްކް ނެގުމަށްފަހު ބަލިކުއްޖާގެ ބައްޕައާވެސް މުޢާމަލާތްކޮށްފައިވާ ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.
"ބާރުގަދަ ބޭހެއް ފެށުމަށް ފަހު ހުއްޓާލީ ކަލޭމެން ކަމަަށް ބުނުމުން، 'ކަލޭޔޭ' ކިޔާފަ އަނެއްކާވެސް ބައްޕަ އާ ދިމާލަށް އައި." އާއިލާއިން މީސްމީޑިއާގައި ބުނެފައިވެއެވެ.
އަދި ޑޮކްޓަރުގެ ޢަމަލުތައް ހުރިގޮތުން 'ކަލޭ ގައިގަ ޑޮކްޓަރެއްގެ އެއްވެސް ސިފައެއްނެތޭ' ކުއްޖާގެ މަންމަ ބުނި ކަމަށާއި، އޭގެ ރައްދުގައި 'ކަލޭ ގައިގަ މަންމައެއްގެ ސިފައެއްވެސް ނެތް' ކަމަށް ޑޮކްޓަރ ބުނިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އޭގެއިތުރުން ކުއްޖާ އިތުރަށް ބެލުމަށް އިޢުތިރާޒް ކުރުމަށްފަހު ޑޮކްޓަރ ވަނީ އެތަނުން ނުކުމެގެން ގޮސްފައި ކަމަށް ޑޮކްޓަރުގެ ފޮޓޯއާއެކު އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު