ރާޔާ ރިޟާ   26 ސެޕްޓެމްބަރު 2023 - 14:54
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޒޯޓްގެ ކެއުމުގެ އިންތިޒާމް ވަރަށް ފުރިހަމަކަން ހާމަކުރަމުން ސޮނާކްޝީ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް ދޫކޮށްލާފައެވެ. އަދި "މިއީ ސުވަރުގެ ހުންނަ ގޮތް ބާ؟" އޭ ކެޕްޝަންގައި ލިޔެފައިވެއެވެ. އޭގެ އިތުރަށްވެސް، އޭނާ ވަނީ ރިޒޯޓްގައި ބައިސްކަލް ދުއްވާ ތަނާއި ބިލިއާޑް ކުޅޭ މަންޒަރުވެސް ދައްކާލާފައެވެ.

ސޮނާކްޝީ ކޮފީ ބޯން ގޮސް ދޫކުރި ފޮޓޯގައި ވަނީ ތަފާތު އެކި ބާވަތުގެ ކާއެއްޗެއްސާއި އެއްކޮށް ފޮޓޯ ނަގާފައެވެ. އެގޮތުން އޭނާ ވަނީ ކްރޮއިސޮން، ޗޮކްލެޓް ޑޯނަޓް، ކޭކް ފަދަ އެކި ޕޭސްޓްރީތަކުގެ ފޮޓޯތައް ނަގާފައެވެ.

ސޮނާކްޝީ ވަނީ މީގެ ކުރީގައިވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އެކި ފަހަރު މަތިން ޒިޔާރަތްކޮށްފައެވެ. މިފަހަރު ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން