ހޮލީވުޑްގެ ފަންނާނު މިޝެލް ޑޮކަރީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ މަރަށް 7 އަހަރުވީ ފަހުން ކައިވެނިކޮށްފިއެވެ. ލަންޑަންގައި ބޭއްވި ހަފްލާއެއްގައި މިޝެލް ކައިވެނިކޮށްފައިވަނީ ޖޭސްޕާ ވޮލާ ބްރިޖް, 35އ، އާއިއެވެ.

އުމުރުން އެންމެ 34 އަހަރުގައި މިޝެލް، 41 ގެ ކުރީގެ ލޯބިވެރިޔާ ޖޯން ޑިނީން މަރުވީ ޢާންމުކޮށް ނުފެންނަ ކެންސަރު ބަލީގެ ވައްތަރެއް ތަހައްމަލު ކުރަމުން ދަނިކޮށެވެ. އޭރު އެދެމީހުން ތިބީ އެންގޭޖްވެސްވެފައެވެ.

ޑައުންޓައުން އެބީ ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި މިޝެލް ޑޮކަރީގެ ފިރިމީހާ ޖޭސްޕާއަކީ ޓެލެންޓް އެޖެންޓެކެވެ. މި ދެމީހުން އެކަކު އަނެކަކާއި ބައްދަލުވީ ގާތް ރަހުމަތްތެރިން މެދުވެރިވެގެންނެވެ. 2019 ގައި މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ފެތުރުނެވެ. މިއީ ޖޯންގެ މަރަށްފަހު މިޝެލް މީހަކާއި ލޯބީގެ ގޮތުން ގުޅުނު ފުރަތަމަ ފަހަރުކަން މީޑިއާތަކުން ފާހަގަކުރިއެވެ.

މި ކައިވެނީގެ ހަފްލާގައި ހޮލީވުޑްގެ ނަން މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން