ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރާގަވް ޗައްޑާ މިއަދު ކައިވެނިކޮށްފިއެވެ.

އެތައް ދުވަހެއްގެ ފޯރިގަދަ ރަސްމިއްޔާތު ތަކަކަށްފަހު ޕަރިނީތީއާއި ރާގަވް ކައިވެނިކުރީ އުދޭޕޫރްގެ ލީލާ ގަނޑުވަރުގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާފައި އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް ބައިވެރިވިއެވެ.

ޕަރިނީތީ ވަނީ މީގެ ކުރީގައި އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހަކާ ކައިވެނިނުކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމުގައިވާ އާމް އާދްމީ ޕާޓީގެ ޒުވާން މެންބަރާއި އެންގޭޖްވީ ޚަބަރު އިވުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

އެ އިންޓަވިއުގައި ޕަރިނީތީ ވަނީ އޭނާއާއި ކައިވެނިކުރާ ފިރިހެނަކީ އޭނާއަށް އިހުތިރާމްކުރާ، މަޖާ މިޒާޖެއްގެ އޭނާ ކުރާ ހިތްވާ ކަންކަމަށް ޝާއުގުވެރިކަން ބަހައްޓާ ފިރިހެނަކަށް ވާން ޖެހޭނެ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕަރިނީތީއާއި ރާގަވްއަކީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި އެކުގައި ކިޔަވަމުން ދިޔަ ދުވަސްވަރުގެ ދެ އެކުވެރިންނެވެ. ބޮލީވުޑްގައި ހަރަކާތްތެރިވާ ފަންނާނުންނާއި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުން ލޯބީގެ ގޮތުން ގުޅުން ނުވަތަ ކައިވެނިކުރުމަކީ ވަރަށް ފެންނަ މަންޒަރެއް ނޫނެވެ. އެކަމަކު، މި ދެމީހުންގެ ކައިވެންޏާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެމީޙުންނަށް މަރުހަބާ ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން