އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ޖެނުވަރީ 2021 ގައި ރެއާލް މެޑްރިޑުން އާސެނަލްއާއި ގުޅުނު އުމުރުން 24 އަހަރުގެ އޮޑެގާޑް ވަނީ އާސެނަލްއާއިއެކު 3 ސީޒަން ފުރިހަަމަކޮށްފައެވެ.

މިކަން އިއުލާންކުރަމުން އާސެނަލް އިން ބުނީ ނިމިދިޔަ ސީޒަންގައި އޮޑެގާޑަކީ އެ ކްލަބްގެ "ޕްލޭޔަރ އޮފް ދަ ސީޒަން" ކަަމަށާއި ޕްރިމިއާ ލީގްގެ ނިމިދިޔަ ސީޒަންގައި އޭނާ ވަނީ 15 ގޯލް ޖަހާދީފައި ކަމަށެވެ.

އެއާއިއެކު ޕްރިމިއާ ލީގްގައި ހޮވާ ޕްލޭޔާ އޮފް ދަ ސީޒަންއާއި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރަށް ޑަބްލިޔުއެފްއޭއިން ހޮވާ ޕްލޭޔަރ އޮފް ދަ ޔެއަރއަށްވެސް އޭނާ ހޮވިގެންދިޔަ ކަމަށް އާސެނަލްއިން ފާހަގަކުރިއެވެ.

އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު މަހުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ.

ނޯވޭއަށް ނިސްބަތްވާ މި ޒުވާން ކުޅުންތެރިޔާ ޕްރޮފެޝަނަލް ފުޓްބޯލް ކުޅެން ފެށީ އޭނާގެ އުމުރުން 15 އަހަރުގައެވެ. އޭނާގެ އުމުރުން 16 އަހަރުގައި ރެއާލުން ވަނީ އޭނާގެ ސޮއި ހޯދައިގެން އެ ކްލަބަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ މަގާމްވެސް އޭނާއަށް ހޯދާދީފައެވެ.

އޮޑެގާޑް ވަނީ މާޗް 2021 އިން ފެށިގެން އޭނާގެ ގައުމީ ޓީމުގެ ކެޕްޓަންކަމާއި ހާވާލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން