ކޮރޯނާ ވައިރަހުން ރައްކާތެރިކަން ހޯދުމަށް އޮތް އެންމެ ފަސޭހަ އަދި އަގުހެޔޮ ގޮތަކީ މާސްކް އެޅުމެވެ. މާސްކް އެޅުމުން ތިމާގެ ހަށިގަނޑުގައި ވައިރަސް ހުރެއްޖެ ނަމަ އަނެކާގެ ގަޔަށް ވައިރަސް ވާސިލު ވުމުގެ ހުރަހަކަށް ވެއެވެ. ކޮރޯނާ ވައިރަހަކީ ކެއްސުމާއި ކިނބިހި އެޅުމާއި އަދި ނޭވާލުމުން ކުޅު ތިކިތައް ބުރައިގެންގޮސް އެ ކުޅާ އެކުޅުގައި ހިމެނޭ ވައިރަސް އަނެކާގެ ހަށިގަނޑަށް ވަދެގެން އެކަކު ކިބައިން އަނެކަކަށް ފެތުރޭ ވައިރަހެކެވެ. މި ވައިރަސް އިންސާނާގެ ހަށިގަނޑަށް ވަންނަނީ އަނގަޔާއި ނޭފަތުގެ ޒަރިއްޔާއިން ކަމަށް ހޯދުން ތަކުން ދައްކައެވެ. އަދި ވައިރަސް ހުންނަ ތަނެއްގައި އަތްލުމުން އަތަށް ވައިރަސް އަރާފައި ހުންނަ އިރު ލޮލުގައި އަތްލުމުން ވެސް ހަށިގަނޑަށް ވައިރަސް ވަންނަ ކަމަށް ބައެއް ހޯދުން ތަކުން ދައްކައެވެ.

އެހެންވީމާ ވައިރަސް ހުރި މީހަކު ކެއްސާ ކިނނިހި އަޅައި އަދި އެމީހަކު މާ ކައިރީގާ ހުރެގެން ވާހަކަ ދެއްކުމުން ކުޅާއެކު ވައިރަސް އައިސް އަނެކާގެ އަނގަޔާއި ނޭފަތުން ހަށިގަނޑަށް ވަންނަނީއެވެ. ނޫނީ ވައިރަސް ހުންނަ މީހެއްގެ ކުޅު ބުރައިގެން ގޮސް ވައިރަސް ހަރުލާފައި ހުންނަ ތަނެއްގައި އަތް ޖެހިގެން އަތަށް އަރާ ވައިރަސް އަނގައާއި ނޭފަތުގެ ޒަރިއްޔާއިން އަނގަޔަށް ވަންނަނީއެވެ. އެހެންވީމާ ތިމާ މާސްކް އެޅީމާ އަނެކާ ސަލާމަތް ކޮށްދެވެނީއެވެ. އަދި އަނެކާ މާސްކް އެޅީމާ ތިމާ ވައިރަހުން ސަލާމަތް ވަނީއެވެ. މާސްކް އެޅުމާއެކު ދެން އޮންނަނީ ގިނައިން އަތް ދިވެ ސާފު ކުރުމެވެ. އެއީ އެއްކަލަ ބުރައުގެން ގޮސް ކޮންމެސްތާކު ހަރުލާފާއި ހުންނަ ވައިރަހުގައި އަތް ލެވިފައި ހުއްޓާ އަނގަޔާއި ނޭފަތުގައި އަތްލެވިގެން ވައިރަސް ހށީގަނޑަށް ވަންނާތީއެވެ.

އެހެންވީމާ މާސްކް މިވަނީ މިހާރު އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ އެއްޗަކަށް ވެފައެވެ. އެހެން ނަމަވެސް މާސްކު އެޅުމުގެ ސަބަބުން ނާޒުކު ހަން ހުންނަ މީހުންގެ މޫނުމަތީގައި އޮށާޅަ ނަގާ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މީސް މީޑިޔާގައި ބަޔަކު ވަނީ މިކަމަށް"މާސްކްނޭ"ގެނަމުން ނަންދީފައެވެ.

"މާސްކްނޭ" އަކީ ކޮބާ ހެއްޔެވެ؟

އެއީ މާސްކް އެޅުމުގެ ސަބަބުން މޫނުމަތީގެ ހަންގަނޑަށް އަންނަ ބަދަލުތަކަށް ކިޔާ ނަމެކެވެ. ދިއްލީގެ އިންދްރަޕްރަސްތާ އެޕޯލޯ ހޮސްޕިޓަލްގެ ހަމުގެ ހާއްސަ ޑޮކްޓަރ، ޑރ ޑީއެމް މަހާޖަން ވިދާޅުވެފައިވަނީ މާސްކް އަޅާ މައިގަނޑު ސަބަބަކީ ނޭފަތާއި އަނގަ ނިވާ ކުރުމަށް ކަމަށްވާތީ އޭގެ ފޮތި މޫނުމަތީގައި ގިނަވަގުތު ޖެހިފައި ހުރުމުން ބައެއް މީހުންގެ މޫނުގަ އޮށާޅަ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހަމައެޔާއެކު، މާސްކް ދެވަނަ ފަހަރަށް ދޮވެގެން ބޭނުން ކުރާ އިރު ދޮވުމަށް ދޮންނަކުނޑި އެއް ބޭނުން ކުރާނަމަ އޭގައި ހުންނަ ދޮންނަކުނޑީގެ އަސަރުންވެސް އޮށާޅަ ނެގުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ޑޮކްޓަރ މަހަޖަން ވިދާޅުވެފައިވެއެވެ. އަދި

އެކްޒެމާ ފަދަ ހަމުގެ ބަލި ހުންނަ މީހުން މި ހޫނުގަދަ މޫސުމުގައި ގިނަވަގުތު މާސްކް އަޅައިގެން އުޅުމުގެ ސަބަބުން ހަންގަނޑަށް އިތުރު ގެއްލުން ވެދާނެ ކަމަށްވެސް ޑރ ވިދާޅުވިއެވެ. ނަމަވެސް، ޑރ މަހާޖަން ވިދާޅުވަނީ ހޫނުގަދަ ވުމުގެ ސަބަބުން ގިނަ ބަޔަކު މާސްކް އެޅުމަށްފަހު މިނެޓަކު އެއްފަހަރު އެނަގާ ކަމަށްވާނަމަ މާސްކް އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މާސްއެކްނޭ" އިން ރައްކާތެރި ވުމަށް ޑރ މަހާޖަން ދެއްވާ އިރުޝާދަކީ ރަނގަޅު ފޮތީގެ މާސްކެއް ހިޔާރު ކުރުމުގެ އިތުރުން އެހާ ގިނަ ވަގުތަށް މާސްކް އަޅައިގެން އުޅުމުގެ ބަދަލުގައި ރައްކާތެރިކަން ކަށަވަރު ތަން ތަނުގައި މާސްކު ނަގައިގެން އުޅުމެވެ. އޭގެ އިތުރުން ދޮންނަކުނޑި ބޭނުން ކޮށްގެން މާސްކް ދޮވެލުމުގެ ބަދަލުގައި ސާފު ފެން ފޮދަކުން ދޮވެލުމަށްފަހު 4 ގަޑިއިރު ވަންދެން އަވީގައި ޖައްސާލުމެވެ. އަދި މަސްކް އެޅުމުން ދިމާވާ ހަމުގެ މައްސަލަތައް ހައްލު ކުރަން އެންމެ ރަނގަޅީ ކެލާ ގާނައިގެން މޫނުގައި އުނގުޅުން ކަމަށްވެސް ޑރ ވިދާޅުވެފައި ވެއެވެ.

އެކަމަކު މާސްކް އަޅައިގެން މޫނުގައި އޮށާޅައެއް ނަގައިގެން އެ އަޅާ ވޭނާއި ވާ އުނދަގުލަށްވުރެ އޮށާޅާ ނަގާތީ ނޫނީ ހަންގަނޑު ހަޑިވާތީ މާސްކް ނޭޅުމުން ކޮރޯނާ ވައިރަސް އެރުމުން ތިމާއަށް މާ ނޫރައްކާވެފައި އުފުލަން ޖެހޭ ވޭން މާ ބޮޑެވެ. އަދި މިއީ ފަރުވާއެއް ނެތް ވައިރަހަކަށްވާތީ މި ވައިރަހުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ކުރެވެން އޮތް ކަމަކީ ނުވަތަ ފަރުވާއަކީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ. މާސްކް އެޅުމާއި ގިނަ ގިނައިން އަތް ދޮވުމެވެ. އިޖުތިމާޢީ ގައިދުރުކަން އިހުތިޔާރު ކުރުމެވެ. ކޮންމެހެން ބޭރަށް ނުކުންނަން ނުޖެހޭނެމަ ގޭގައި ތިބުމެވެ. ގިނަ މީހުން އެއްވާ ތަންތަނަށް ނުގޮސް އުޅެވޭތޯ ބެލުމެވެ.


ކިޔުންތެރިންގެ ހިޔާލު


7

ސައްތާރު

16-Jul-2020

މާސްކު އަޅައިގެން ތަންތަނަށާއި އޮފީސްތަކަށް ނުވެއްދި ދުވަސްވެސް ފެނުނު. ނަމަވެސް މިއަދު މިއޮތީ އެކަން އެކޮޅުކޮޅުންޖެހި އެގޮތަށް އަމުރުކުރިމީހުންނަށް ފިލާވަޅަކަށް ވެފައި. އަދިވެސް އިސްލާމީ ރިވެތި ދިރިއުޅުމާމެދު ވިސްނައިލާކަށް ނުވޭބާ!؟



ޓްރެންޑިން