އިންޑިއާ ޓީވީ ސީރީޒްތަކުންނާއި ބިގް ބޮސް ރިއަލިޓީ ޝޯވއިން މަޝްހޫރުކަން ހޯދި ރުބީނާ ދިލެއިކްއާއި އޭނާގެ ފިރިމީހާ އަބީނާވް ޝުކްލާއަށް ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

ރުބީނާއާއި އަބީނާވް ސަޕޯޓަރުންނަށް މި ޚަބަރު އިއުލާންކުރީ އެދެމީހުން ޗުއްޓީ ހޭދަކުރަން އެމެރިކާއަށް ގޮސްފައި ވަނިކޮށެވެ. އޭގެ ކުރިން މީޑިއާތަކުން މިވާހަކަ ފެތުރުމުން އެދެމީހުން ވަނީ އެކަމާއި ބެހޭގޮތުން ވަކި އެއްޗެއް ބުނަން ދެކޮޅުހަދާފައެވެ.

އެހެން ނަމަވެސް، ސަޕޯޓަރުން އެކަމާއި ސުވާލުކުރާ ވަރުން އެންމެ ފަހުން ކްރޫޒްއެއްގައި ނެގި ފޮޓޯތައް އިންސްޓަގްރާމްއަށް ދޫކުރުމަށްފަހު، އެމީހުން ވަނީ ކެޕްޝަންގައި ވަަރަށް އަވަހަށް ކުއްޖަކު ލިބެން އުޅޭ ކަން ލިޔެ، ހާމަކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ރުބީނާއާއި އަބީނާވް ކައިވެނިކުރީ 2018 ވަނަ އަހަރުގެ ޖުލައިގައެވެ. މިއީ މި ދެތަރިންނަށް ލިބެން އުޅޭ އަލަތު ދަރިފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން