ޕޯޗުގަލްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުރީގައި މަސައްކަތްކޮށްފައިވާ އިޓަލީގެ ފުޓުބޯޅަ ކުލަބު، ޔުވެންޓަސްއާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފިއެވެ.

ރޮނާލްޑޯ ބުނާގޮތުންނަމަ ކޮވިޑް-19 ގެ ދުވަސްވަރުގައި އެ ކްލަބަށް ކުރިމަތިވި މާލީ ނުތަނަވަސްކަމާއި ގުޅިގެން ރޮނާލްޑޯއަށް ދޭން ޖެހޭ މުސާރަ ފަހުން ދޭން ބުނި ނަމަވެސް، ޔުވެންޓަސްއަށް އަދިވެސް އެކަން ނުކުރެވެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔުވެންޓަސްއިން މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް 19.9 މިލިއަން ޔޫރޯއަށް ވަނީ ދަރާފައެވެ.

މިހާރު އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ 2018 ވަނަ އަހަރުގައި ޔުވެންޓަސްއާއި އެއްކޮށް 4 އަހަރަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޔުވެންޓަސްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ރޮނާޅްޑޯ ވަނީ 3 ލީގް އެ ކްލަބަށް ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އެ ކްލަބްގެ ކޯޗާއި ޖެހުނު މައްސަލައެއްގައި ރޮނާލްޑޯ ވަނީ ސައުދީ ކްލަބް އަލް ނަސްރަށް މިއަހަރުގެ ޖޫން މަހުގައި ބަދަލުވެފައެވެ.

އޭނާއާއިއެކު ޔުވެންޓަސްއަށް ކުޅުނު ޔޫނިއަން ބާލިން އަށް ކުޅެމުން އަންނަ ލިއަންޑްރޯ ބޮނޫޗީވެސް ޔުވެންޓަސްއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން