އިންޑިއާގެ މަޝްހޫރު އެކްޓަރ ސަނީ ޑިއޯލް ސިޔާސީ ދާއިރާގައި އިތުރަށް ހަރަކާތްތެރިނުވާނެ ކަން ހާމަކުރައްވައިފިއެވެ.

އިންޑިއާގެ ޓީވީ ޝޯވއަކަަށް ދެއްވި އިންޓަވިއުއެއްގައި ސަނީ ބުނީ އޭނާއަކީ ސިޔާސީ މަސައްކަތަށް އެކަށޭނަ މީހެއް ނޫން ކަމަށް އިހުސާސް ކުރެވިއްޖެ ކަމަށެވެ. އެހެންކަމުން، އޭނާއަށް އިންޑިއާގެ ޤާނޫނު ހަދާ މަޖްލީހުން ކާމިޔާބުކުރެވުނު ގޮނޑިއަށް އަންނަ އަހަރުގައި ޥާދަނުކުރާނެ ކަމަށް ސަނީ ހާމަކުރިއެވެ. ސަނީ ވަނީ 2019 ވަނަ އަހަރުގައި ޕަންޖާބްގެ ގުރްދާސްޕޫރްގެ ގޮނޑީގެ ވޯޓުތައް ބޮޑު އަޣުލަބިއްޔަތަކުން ހާސިލުކުރައްވާފައެވެ.

މި ޝޯވގައި ސަނީ ބުނީ ފިލްމު ކުޅުމުގެ ސަބަބަުން އޭނާއަށް ލިބިވަޑައިގަތް މަޝްހޫރުކަމުގެ ސަބަބުން މަޖިލީހަށް ދާ މަގުމަތީގައި ޢާންމުންގެ ފަރާތުން ހުރަސްތައް ދިމާވާ ކަމަށާއި އަދި ކޮވިޑަށްފަހު މަޖިލީހަށް ދާން ދަތިވުމުގެ ސަބަބުން އޭނާގެ މަޖިލީހުގެ ހާޟިރީ ވަރަށް ދަށްވި ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ދާއިރާގެ މަސައްކަތްތައް ޕްރޮމޯޓް ނުކުރެވިޔަސް، އެ ދާއިރާއަށް ވަރަށް ރަނގަޅަށް ޚިދުމަތް ކުރެވޭ ކަމުގައި ސަނީ ފާހަގަކުރިއެވެ.

ސަނީ ބުނީ ސިޔާސީ ދާއިރާއަށްވުރެ ބޮޑަށް އޭނާއާއި އެކަށީގެންވަނީ ފިލްމީ ދާއިރާ ކަމަށެވެ. ސަނީ އާއި އަމީޝާ ޕަޓޭލްގެ ފިލްމު "ގަދަރް 2" މިހާޜުވެސް ދަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. މި ފިލްމު ވަނީ ޝާހްރުކް ޚާންގެ މަގްބޫލު 'ޕަތާން' އަށް ވުރެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން