މީހަކާމެދު ހަމްދަރްދީވެގެން އޭނާއަށް އޮޅުވާލައިގެން އޭނާއާއި އެއްކޮށް އުޅުމަކީ ފިރިހެނުންނަށް ހަމަ ވަރަށް ފަސޭހަ ކަމެކެވެ. އަދި މިއީ މީހެއްގެ ފިރިއެއްކަން ނޫނީ މީހަކާއި އެއްކޮށް ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ ދެމީހެއްގެ ދޭތެރެއަށް ވަންނަ އަންހެނުންނަށްވެސް ވަރަށް ފަސޭހަ ކަމެކެވެ. އެމީހެއްގެ ރީތިކަން ނުވަތަ އެހެން ފައިދާތަކުގެ ބޭނުން ހިފުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިއީވެސް ވައްކަމެއް ނޫންތޯއެވެ؟ ވައްކަން ނުކޮށް ހާމަކަން ބޮޑުގޮތެއްގައި މިލްކުވެރިކަން ނުހޯދެންވީ ކީއްވެގެންބާއެވެ؟

މިފަދަ އަންހެނުންގެ ބަހަނާއަކަށް ގިނަ ފަހަރަށް ވަނީ ލޯބިވުމަކީ ކުށެއް ނޫން ކަމަށެވެ. ނުވަތަ ފިރިހެން މީހާ ބޭނުންވީ ގޮތް ކަމަށެވެ.



އަނެކާއަށް ދެރައެއް ދީފައިވެސް، މިފަދަ އަންހެނުންނާއި ފިރިހެނުންގެ ތެރެއިން އެއް ބަޔަކަށް ފޮނި ނަތީޖާއެއް ލިބުނަސް، އަނެއް ބަޔަކަށް މިކަމުން އާޚިރުގައި ލިބެނީ ވަރަށް ހިތި ނަތީޖާއެކެވެ.

މިފަހަރު މި ބަލާލަނީ އެހެން މީހުންގެ ފިރިން 'ވަގަށް ނެގި' ހޮލީވުޑް ތަރިންގެ ލިސްޓަކަށެވެ.

1- އެންޖެލީނާ ޖޯލީ



ރީތިކަމުގައި އެފަދަ ދެވަނައެއް ނުވާ އެންޖެލީނާ ޖޯލީއަކީ އިންސާނިއްޔަތަށް އެތަކެއް މަސައްކަތްތައް ކުރަމުންދާ ފަންނާނެކެވެ. އެކަމަކުވެސް، އޭނާ ވަނީ ދެ އަންހެނެއްގެ މައްޗަށް އިންސާނިއްޔަތުކަން ބެހެއްޓުމުގައި ނުކުޅެދިފައެވެ. އެންޖެލީނާގެ ފުރަތަމަ ފިރިމީހާއާއި ދެވަނަ ފިރިމީހާއާއިވެސް ގުޅުން ބޭއްވީ އެމީހުން އެހެން މީހަކާއި ކައިވެނިކުރަން ތައްޔާރުވަމުންދަނިކޮށެވެ.

އެގޮތުން، ބިލީ ބޮބް ތޯންޓަންއަކީ އެންޖެލީނާއަށްވުރެ 20 އަހަރު ދޮށީ މީހެކެވެ. އޭނާ ވަނީ ލޯރާ ޑާންއަށް ކައިވެނި ހުށަހަޅާފައި އެންޖެލީނާއާއި ދިމާވުމުން ލޯރާ ކައިރީގައި ހަގީގަތް ސިއްރުކޮށްފައެވެ. ލޯރާއާއި ބިލީ ރައްޓެހިވެގެން އުޅުނީ އެންޖެލީނާއާއި ދިމާވުމުގެ އެތަކެއް ދުވަހެއް ކުރިންނެވެ. އެންޖެލީނާއާއި ބިލީ ކައިވެނިކުރާ ކަން ލޯރާއަށް އެނގުނީ ކައިވެނީގެ ތައްޔާރީތަކުގައި ހުއްޓައެވެ.

ބްރެޑް ޕިޓް ޖެނިފާ އެނިސްޓަންއާއި ކައިވެނިކޮށްގެން އުޅޭތާ 5 އަހަރު ފަހުން އެންޖެލީނާ ވަނީ ބްރެޑްއާއި ޖެނިފާގެ ދޭތެރެއަށް ވަދެފައެވެ. އެންޖެލީނާގެ މި ދެ ކައިވެނިވެސް ނިމިގެންދިޔައީ ހިތި ގޮތަކަށެވެ.

2- އެމްބާ ހާޑް



އެމްބާ ހާޑް ވަނީ ޒަމާންވީ ލޯބިވެރިން ވެނެސާ ޕެރަޑިސްއާއި ޖޯނީ ޑެޕްގެ ދޭތެރެ ޖައްސާފައެވެ. ޖޯނީއާއި ވެނެސާގެ ދެ ކުދިންވެސް ތިބެއެވެ. އާޚިރުގައި އެމްބާ ވަނީ ޖޯނީއަށް ގެވެށި އަނިޔާކޮށް ދުނިޔެ ކުރިމަތީގައި އޭނާގެ އަގު ވައްޓާލާފައެވެ. ވެނެސާ ވަނީ އެހެން މީހަކާއި އެއްކޮށް އުފާވެރި ދިރިއުޅުމެއް ބިނާކޮށްފައެވެ. އެކަމަކު، ޖޯނީއަށް ދިމާވި ދަތި އުނދަގޫ ހާލަތުގައި އޭނާ ވަނީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އެހީތެރިވެދީފައެވެ.

3- ޑެނީސް ރިޗާޑްސް



ޑެނީސް ރިޗާޑްސް ވަނީ އޭނާގެ ރަހުމަތްތެރިޔާގެ ފިރިމީހާ އޭނާ ދެކެ ވާ ލޯބީގެ ބޭނުން ހިފުމަކީ ގޯހެއް ނޫން ކަމަށް ބުނެފައެވެ. ރަހުމަތްތެރިޔާގެ ފިރިމީހާ ޖަހައިގަތީމަވެސް، އެ ގުޅުން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔައެވެ.

4- ކެމެރަން ޑިއާޒް



ކެމެރަން ޖަހައިގެންފައި ވަނީ އެކަކު ދެ މީހެއްގެ ފިރިންނެއް ނޫނެވެ. ކެމެރަން ވަނީ ހޮލީވުޑްގެ ނަން މަޝްހޫރު އެތަކެއް ތަރިންނެއްގެ ފިރިން ނުވަތަ ލޯބިވެރިން ޖަހައިގެންފައެވެ. އޭގެ ތެރޭގައި ކޭޓް ހަޑްސަން، ބްރިޓްނީ ސްޕިއާސް، އުމާ ތާމަން، ޕެރިސް ހިލްޓަން އަދި ނިކޯލް ކިޑްމަން ހިމެނެއެވެ.

5- ސިއޭނާ މިލާ



ސިއޭނާ މިލާ އެކްޓަރ ޖޫޑް ލޯއާއި ލޯބީގެ ގޮތުން ގުޅުނީ ޖޫޑްއާއި އޭނާގެ އަންހެނުންގެ ކުޑަ ކުޑަ ދެ ކުދިންވެސް ތިއްބައެވެ. ހޮލީވުޑްގެ އެންމެ ރީތި ތަރިންގެ ތެރޭގައި ހިމެނޭ ޖޫޑް ލޯއަކީ ސިއޭނާއާއި ދިމާވުމުގެ ކުރިން އޭނާގެ އާއިލާއަށް ވަފާތެރިކަމަށް މަޝްހޫރުވި ތަރިއެކެވެ. ޖޫޑްގެ އުފާވެރި އާއިލާ ރޫޅުވާލުގައި ބޮޑު ދައުރެއް ކުޅެފައި ސިއޭނާ ދެން ކައިވެނިކުރީ މުއްސަނދި އަރަބި މީހަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން