އުމުރުން 48 އަހަރުގެ ލިއޮނާޑޯ ޑި ކެޕްރިއޯ އަނެއްކާވެސް އުމުރުން 25 އަހަރުގެ މޮޑެލްއަކާއި ލޯބީގެ ގޮތުން ގުޅިއްޖެއެވެ. ލިއޮނާޑޯ ވަނީ މިފަހުންވެސް ޒުވާން އެތައް އަންހެންކުދިންނާއި ލޯބީގެ ގޮތުން ގުޅިފައެވެ. އެހެންކަމުން، މީޑިއާތަކަށް މިއީ އައު ވާހަކައެއް ނޫނެވެެ.

ލިއޮނާޑޯ މިފަހަރު ހިތާވީ އިޓަލީގެ މޮޑެލް ވިއްޓޯރިއާ ޗެރެއްޓީއާއިއެެވެ. ވިއްޓޯރިއާ ވެފައި ވަނީ ލިއޮނާޑޯގެ ކަޅީގެ ސަަމާލުކަން ހޯދި އަންހެން ކުދިންގެ ތެރެއިން ޚާއްސަ މަގާމެއް ހޯދާފައިވާ ކުއްޖަކަށް ކަމަށް އޭނާއާއި ގާތް މީހުން ބުނެއެވެ. އެއީ މިފަހަރު ލިއޮނާޑޯ ރައްޓެހިވީ ކުއްޖާއާއި އެއްކޮށް 2 މަސް ދުވަސް ވަންދެން ޑޭޓް ތަކަށް ދެވުނީމަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ލިއޮނާޑޯގެ ދުލުން އަންހެނަކާއި ދިމާލަށް "ގާލް ފްރެންޑް" އޭ ބުނި އަޑު މިފަހުން ފިލްމުތަކުން ނޫނީ ނުއިވޭނެއެވެ.

އޭނާއަށްވުރެ 23 އަހަރު ހަގު ވިއްޓޯރިއާ ވަނީ މި ޝަރަފް ހޯދާފައެވެ. އެހެން ނަަމަވެސް، ވިއްޓޯރިއާއަކީ ޒުވާން ޑީޖޭއަކާއި ކައިވެނިކޮށްގެން އުޅޭ އަންހެނެކެވެ. ޑިސެމްބަރ 29 ގައި އޭނާ ކުރި ޕޯސްޓެއްގައި ވަނީ ފިރިމީހާ ދެކެ ލޯބިވާކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އަދި ދެ މީހުން ވަރިވެފައެއް ނުވެއެވެ. އެހެން ނަަމަވެސް، މި އަހަރުގެ މެއި މަހުގައި ލިއޮނާޑޯއާއި ދެމީހުން އެއްކޮށް ކެންސް ފިލްމު ފެސްޓިވަލްގައި ފެނިފައިވެއެވެ.

ލިއޯ ވަނީ މީގެ ކުރީގައި އޭނާ ރައްޓެހިވީ ކޮންމެ އަންހެން ކުއްޖަކަށް އުމުރުން 26 އަހަރު ފުރުމުން އެމީހުންނާއި ރުޅިވެފައެވެ. އެހެންކަމުން، މިފަހަރުގެ ގުޅުމަށް ކިހާ ދުވަހެއް ވާނެ ކަމާއި ދޭތެރޭ މީހުން ސުވާލު އުފައްދަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން