މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ މައިކަލް ޕޮލަންސްކީ އެއް ތަނަކުން ފެނިގެން މީޑިއާތަކުން ދަނީ އެކަމާއި ވާހަކަދައްކަމުންނެވެ. ލޭޑީ ގާގާއާއި މައިކަލް އެއް ތަނަކުން ނުފެންނަތާ އަހަރެއް ވެއްޖެއެވެ. އެހެންކަމުން، މިއީ ލޯބީގެ އައު ފެށުމެއް ކަމަށް ބައެއް މީހުން ދަނީ ޝައްކު ކުރަމުންނެވެ.

މި ހަފްތާ ތެރޭގައި ލޭޑީ ގާގާއާއި މައިކަލް، ލާސް ވޭގަސްގައި އެމީހުންގެ ރަހުމަތްތެރިންނާއި އެއްކޮށް ވަގުތު ހޭދަކުރުމުން ދަނިކޮށް މީޑިއާތަކުން ވަނީ މި ދެމީހުންގެ ފޮޓޯ ނަގާފައެެވެ. އެދެމީހުން ތިބީ ކައިރި ކައިރީގައި އިށީނދެގެންނެވެ.

2020 ވަނަ އަހަރުގައި ރައްޓެހިވުމަށްފަހު މި ދެމީހުން ވަރަށް ގިނަ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުނެވެ.



އުމުރުން 37 އަހަރުގެ ލޭޑީ ގާގާ ބޭނުންވީ ކައިވެންޏަކާއި ހަމައަށް ދާށެވެ. އެކަމަކު، ޓެކް އެގްޒެކިއުޓިވްއެއް ކަމަށްވާ މައިކަލް ކައިވެނިކުރަން ތައްޔާރުނުވީމާ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައެވެ.

ލޭޑީ ގާގާގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ މިހާރު ދަނީ ކުރީގެ މަޝްހޫރު ބޭންޑް ރޯލިންގ ސްޓޯންގެ ކަމްބެކްގައި މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން