2010 ވަނަ އަހަރަށްފަހު، ބެލުންތެރިންގެ ލޯތަކަށް ގެއްލިފައިވާ އެކްޓަރ ފަރްދީން ޚާން ސިނަމާއަށް އަލުން އެނބުރި އަންްނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަރްދީން އަލުން ސިނަމާތަކަށް އަންނަނީ މަޝްހޫރު ތަރި އަކްޝޭ ކުމާރްއާއިއެކީ ފެނިގެންދާނެ ފިލްމު "ކޭލް ކޭލް މޭ" އިންނެވެ.

މިއީ 16 އަހަރަށް ފަހު. އަކްޝޭއާއި ފަރްދީން އެއް ސްކްރީނަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަކްޝޭއާއި ފަރްދީން އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ 2007 ވަނަ އަހަރުގައި ނެރުނު ކާމިޔާބު ކޮމެޑީ "ހޭއި ބޭބީ" އިންނެވެ.

މުދައްސަރް އަޒީޒްގެ މި ކޮމެޑީ ފިލްމުގެ ޝޫޓިންގ އަންނަ މަހުގައި އިނގިރޭސި ވިލާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވެއެވެ. އަކްޝޭއާއި ފަރްދީންއާއިއެކު މި ފިލްމުގައި ހަރަކާތްތެރިވާނީ ވާނީ ކަޕޫރާއި ތާޕްސީ ޕަންނޫއެވެ.

މި ފިލްމުގެ އިތުރަށްވެސް ފަރްދީން ދަނީ އެހެން ފިލްމެއްގެ މަސައްކަތްވެސް ކުރަމުންނެވެ. އެއީ ސަންޖޭ ގުޕްތާގެ "ވިސްފޮޓް" އެވެ. މި ފިލްމުގައި ރިތޭޝް ދޭޝްމުކްއާއި ޕްރިޔާ ބަޕަޓްއާއި ކްރިސްޓަލް ޑި ސޫޒާ މަސައްކަތްކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން