ބްރެޒިލްގެ ގައުމީ ފުޓްބޯލަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ލެޖެންޑް ޕެލޭގެ ރިކޯޑް، އަލްހިލާލްގެ ކުޅުންތެރިޔާ ނޭމާ ޖޫނިއާ މުގުރާލާފިއެވެ.

އުމުރުން 31 އަހަރުގެ ނޭމާ ޕެލޭގެ ރިކޯޑް މުގުރާލީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ބޮލީވިއާއި ދެކޮޅަށް ކުޅުނު މެޗްގައި ޖަހާދިން ދެ ލަނޑުންނެވެ. މިއީ ނޭމާ ބްރެޒިލްއަށް ޖަހައިދިން 78 އަދި 79 ވަނަ ގޯލެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 77 ލަނޑު ޖަހާދީފައެވެ.

މި މެޗްގައި ބްރެޒިލުން ވަނީ 5-1 ގެ ނަތީޖާއަކުން ބޮލީވިއާ ބަލިކޮށްފައެވެ. މި މެޗުގައި ނޭމާއަށް ގޯލު ޖެހުމުގެ ކުރިން އޭނާ އަތުން ވަނީ ޕެނަލްޓީ އެއް ނާކާމިޔާބު ވެފައެވެ.

ބްރެޒިލްގެ ފުޓްބޯލް ކޮންފަޑަރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސްގެ އަތުން ހަނދާނީ ފިލާއެއް ލިބިގަތުމަށްފަހު، ނޭމާ ބުނީ އޭނާއަށް ޕެލޭގެ ރިކޯޑް މުގުރާލެވޭނެ ކަމަށް ދުވަހަކުވެސް ހީނުކުރެވޭ ކަމަށެވެ.

“އަހަރެން ބުނަން ބޭނުންވަނީ މި [ރެކޯޑް] ހާސިލުކުރެވުނަސް، އަހަރެން އޭނާއަށް [ޕެލޭ] އަށް ވުރެ ނުވަތަ ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ވުރެ މޮޅު ކަމަކަށް ނުވާނެ." ނޭމާ ބުންޏެވެ.



މިދިޔަ ޑިސެމްބަރު މަހު ކެންސަރު ބަލީގައި ޕެލޭ މަރުވީ އުމުރުން 82 އަހަރުގައެވެ. ޕެލޭއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލެޖެންޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން