އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމްގެ ކޯޗްކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ގާޑިއޯލާ އިސްކުރުމަށް އޭނާއާއި މަޝްވަރާކުރަން ފަށައިފިއެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ނިމިިދޔަ ސީޒަންގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ހޯދާދީފައިވާ ގާޑިއޯލާއާއި މަޝްވަރާކުރަން ފެށީ ގައުމީ ޓީމްގެ ކޯޗް ގެރެތް ސައުތްގޭޓްއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގާތްވެފައިވުމުގެ ސަބަބުންނެވެ.

އަންނަ އަހަރުގައި ސައުތްގޭޓްއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ލިބިފައިވިޔަސް، އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން އިންގްލޭންޑަށް ލިބުނު ނާކާމިޔާބީއަށްފަހު، ސައުތްގޭޓްގެ ގާބިލިއްޔަތުކަމާއި ދޭތެރޭ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނަށް އިތުބާރު ގެއްލުނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގާޑިއޯލާއާއި މަޝްވަރާކުރުމުގެ ކުރިން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މައުރީސިއޯ ޕޮޗެޓީނޯ، އެޑީ ހޯވ، ގްރަހަމް ޕޮޓާރ، އަދި ބްރެންޑަން ރޯޖާސްވެސް މަގާމަށް އައްޔަންކުރުމަށް ވިސްނާފައެވެ.

މެންޗެސްޓާ ސިޓީއާއިއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކޯޗްކަން ކޮށްދިނުމަށް އޭނާ ޝައުގުވެރިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން