ސްޕެއިން ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ނުރުހުމުގައި ތުންފަތަށް ބޮސްދިން އަންހެން ކުޅުންތެރިއާ ޖެނީ ހަރމޯސޯ ރަސްމީކޮށް އެ މައްސަލަ ހުށަހަޅައިފިއެވެ.

އެންމެން ކުރިމަތީގައި ހިންގި މި އަމަލަށް އޭނާގެ ދިފާއުގައި ވާޙަކަދައްކަމުން ރުބިއާލޭސް ބުނީ އެއީ އުމުރުން 33 އަހަރުގެ ހަރމޯސޯގެ ރުހުމުގައި ކުރި ކަމެއް ކަމަށެވެ. މިކަމާއި ގުޅިގެން ސްޕެއިންގެ 81 ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ވަނީ ރުބިއާލޭސް މަގާމުން އިސްތިއުފާ ނުދެނީސް ރަސްމީ މެޗްތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ހިމެނެއެވެ.

މީގެ އިތުރަށްވެސް، ރުބިއާލޭސްއާއި އެއްކޮޅަށް ވާހަކަދެއްކި ސްޕެއިން އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ސްޕެއިންގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުންވެސް ވަނީ ރުބިއާލޭސްގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އެހެން ނަމަވެސް، އެ ޓީމްގެ މިޑްފިލްޑަރ ޑާނީ ކަރްވަހާލް ވަނީ މިކަމާއި އަދި ވަކި ގޮތެއް ނިންމަން މާ އަވަސް ކަމަށް ބުނެފައެވެ. އޭނާ ބުނީ ޝަރީއަތުން ވަކި އެއްޗެއް ނުބުނަނީސް، އޭނާ މިކަމުގައި ވަކި މީހެއްގެ ކޮޅަށް ބުރަ ނުވާނެ ކަމަށެވެ، މި ހުރިހާ ކަމެއް ހިނގަމުންދާއިރުވެސް، ރުބިއާލޭސް ވަނީ މަގާމުން އިސްތިއުފާ ދޭން އިންކާރުކޮށްފައެވެ.



އުމުރުން މިހާރު 46 އަހަރު ފުރިފައިވާ ރުބިއާލޭސް، ޖެނީ ހާމޯސޯއަށް ބޮސްދީފަވަނީ ފީފާ ވުމެންސް ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިންއިން އިނގިރޭސިވިލާތުގެ މައްޗަށް ހޯދި މޮޅަށް އުފާ ފާޅުކުރުމުގެ ތެރެއިންނެވެ. މީގެ އިތުރަށްވެސް، ރުބިއާލޭސް ވަނީ ސިޑްނީގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިންގެ ރާނީ ލެޓީޒިއާ ކައިރީގައި ހުއްޓާ އެހެން ބޭއަދަބީ އަމަލެއްވެސް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން