މިއުޒިކް ބޭންޑް ރޯލިންގ ސްޓޯންސް 18 އަހަރުގެ މެދުކެނޑުމަކަށްފަހު އަލްބަމެއް ނެރޭކަން އިއުލާންކޮށްފިއެވެ. މިއީ ރޯލިންގ ސްޓޯންސް ބޭންޑުގެ ޑްރަމަރ މަރުވިފަހުން ނެރޭ ފުރަތަމަ މިއުޒިކް އަލްބަމްވެސްމެއެވެ.

ދަ ރޯލިންގ ސްޓޯންސް މިބޭންޑަކީ އިނގިރޭސިވިލާތުގެ މިއުޒިކް ބޭންޑެކެވެ. މިބޭންޑަކީ 1960 ގެ އަހަރުތަކުގެ ތެރޭގައި ރޮކް ބޭންޑެއްގެ ގޮތުގައި އާންމުންނަށް ތައާރަފްވެ، ގިނަބައެއްގެ ލޯބި ލިބިފައިވާ ބޭންޑެކެވެ.

މިބޭންޑު ވުޖޫދަށް އައީސުރެން މިހާރު 60 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، އާ މިއުޒިކް އަލްބަމެއްގެ މަސައްކަތް ކުރިއަށްދާކަން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ލަންޑަނުގައެވެ. މިކަން އިއުލާން ކޮށްދިނީ ރޯލިންގ ސްޓޯންސްގެ ފަންނާނުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ތިން ތަރިންކަމަށްވާ މިކް ޖެގަރ، ކޭތު ރިޗާޑްސް އަދި ރޮނީ ވުޑް އެވެ.

އާ އަލްބަމުގެ މަސައްކަތް އިއުލާންކުރަމުން، ރޯލިންގ ސްޓޯންސްގެ މެމްބަރުން ތިބީ މަސައްކަތަށް ވަރަށް ތައްޔާރުވެ ފޯރިއާއި ޖޯޝުގައި ކަން، ބޭންޑުގެ މެމްބަރެއްކަމަށްވާ އުމުރުން 80 އަހަރުގެ ޖެގަރ ފާހަގަކުރިއެވެ. އަދި މިއަލްބަމުގައި ރޮކް މިއުޒިކްގެ އިތުރުން ތަފާތު ވައްތަރުގެ މިއުޒިކް ހިމެނޭނެކަމަށް ރޯލިންގ ސްޓޯންސް އިން ހާމަކޮށްފައިވެއެވެ.

ރޯލިންގ ސްޓޯންސްގެ އާއަލްބަމް ރިލީޡްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން