ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ހައި ކޮލިޓީ އެކި ޕްރޮޑަކްޓަތަކުގެ ތެރެއިން ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ފަސޭހައިން ތައްޔާރުކޮށްލޭ ސިއްހަތަށް ފައިދާހުރި ޕްރޮޑަކްޓްތަކެކެވެ. ޕްލެއިން ސޮލެއިލް ބްރޭންޑުގެ ތައްޔާރީ ކާނާއާއެކު ތަފާތު ރެސިޕީތަކަށް ކާއެއްޗެހި ތައްޔާރުކޮށް ކާމޭޒުމަތި ފަޅުފިލުވާލުމަކީ މާ އުނދަގޫކަމެއްވެސް ނޫނެވެ.

ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކުގެ ތެރެއިން ފްރޯޒެން ނުވަތަ ގަނޑުކުރި ކާނާގެ ބާވަތްތަކަކީ އެތައް ވަގުތެއް ސަލާމަތް ކޮށްދޭނެ ކާނާގެ ބާވަތްތަކެއްކަން ޔަގީނެވެ. މީގެ ތެރޭގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން ފަސޭހަ ތަރުކާރީގެ ބާވަތްތައް ހިމެނޭ އޭޝިއަން މިކްސް، ސްޓާ ފްރައި މިކްސް، ޕީސް އަދި ކެރެޓް މިކްސް، އަކީ ފަސޭހަކަމާއިއެކު ތައްޔާރުކޮށްލެވޭ އަދި ސިއްހަތަށް ފައިދާހުރި ބާވަތްތަކެކެވެ. މީގެއިތުރުން ކޮންމެ މުނާސަބަތަކަށް ވެސް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ސްޕްރިންގް ރޯލްސް، ޗީޒް ޕަފްސް، ޕޭސްޓްރީ ޕަފްސް، އަނިއަން ރޯލްސް، ފްރެންޗް ފްރައިސް، ޕޮޓޭޓޯ ވެޖްސް ފަދަ ލުއިކާނާވެސް ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަދުގެ ބާރު ސްޕީޑްގައި ހިނގާ ދުނިޔޭގައި ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތައް ފަދައިން، ގަނޑުކޮށްފައިވާ ކާނާގެ ބާވަތްތައް ވަނީ ގިނަބައެއްގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެފައެވެ. އަދި މިފަދަ ފްރޯޒަން ޕްރޮޑަކްޓްތަކަކީ ގިނަވަގުތު ބޭކާރު ނުކޮށް ފަސޭހައިން ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓްތަކެވެ.

ގަނޑުކުރާ ކާބޯތަކެއްޗަކީ އެތަކެތި ގަނޑު ކުރާ ހިސާބުން އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލްގެ މާއްދާތަކަށް މާބޮޑެތި ބަދަލުތަކެއް ނާންނާނެ ބާވަތްތަކެކެވެ. ބައެއް ހާލަތްތަކުގައި ގަނޑުކުރި ކާނާގައި ތާޒާ ކާނާއާ އަޅާބަލާއިރު ވިޓަމިން އާއި މިނަރަލްސް ގިނަ އެވެ. އެހެނީ ތާޒާ ކާނާތަކުގައި ވަގުތު ފާއިތުވަމުންދާ ވަރަކަށް ވިޓަމިންސް އާއި މިނަރަލްސްގެ މިންވަރު ދައްވަމުންދާއިރު، ކާނާ ފްރީޒް ކުރުމުން ނިއުޓްރިއެންޓްސް ރައްކާތެރިވެއެވެ. އެގޮތުން ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓް ތަކުގެ ތެރެއިން ފްރޯޒެން ނުވަތަ ގަނޑުކުރި ކާނާތައް ތައްޔާރުކޮށް ބަންދުކޮށްފައި ހުންނަނީ އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލްސް އެކުލެވިގެންވާ މިންވަރަށް ބަދަލެއް ނާންނާނެފަދައިންނެވެ. މީގެ ސަބަބުން މިޕްރޮޑްތަކުން ލިބިދޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކުގެ ތެރެއިން ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓް ގެ މިންވަރަށް ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.

ދުވާލުގެ ގިނަ ވަގުތު ބުރަކޮށް އުޅެލުމަށްފަހު ބަދިގެއަށްވަދެ ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޯޒަން ޕްރޮޑަކްޓެއް ބޭނުންކޮށް ކެއުމެއް ތައްޔާރުކޮށްލާއިރު ބަދިގޭގައި މާގިނަވަގުތެއް ހޭދަކުރާކަށްވެސް ނުޖެހެއެވެ. ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތައް މިހާރު ލިބެން ހުރިއިރު، މި އެކި ޕްރޮޑަކްޓްތަކުގެ އެހީގައި ބޭނުންވައްތަރެއްގެ ކެއުމެއް ތައްޔާރުކޮށްލަން ވިޔަސް މިހާރު އަދި މާފަސޭހައެވެ.



ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑުގެ ޕްރޮޑަކްޓްތަކެކެވެ. ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، ވިލާ މާޓުން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ މާޓު ހިންގާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށާއި، ކޮންމެ ފަރުދަކަށްވެސް ފަސޭހައިން ވިޔަފާރިކޮށްލެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ކޮންމެތާކު ތިއްބަވައިގެންވެސް ވިލާމާޓުން ވިޔަފާރިކޮށްލަން ބޭނުންފުޅުނަމް ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން