ލޯން އެއްބަސްވުމެއްގެ ދަށުން އޭސީއެފް ފިއޮރެންޓީނާއަށް ކުޅެމުންދިޔަ މިޑްފިލްޑާ ސޫފްޔާން އަމްރަބާތް މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެއެވެ. މި އެއްބަސްުމުގެ މުއްދަތު ދިގުދެމިގެންދާނީ ޖޫން 2024 ގެ ނިޔަލަށެވެ.

އަމްރަބާތް ވަނީ މޮރޮކޯގެ ގައުމީ ފުޓްބޯޅަ ޓީމްގެ 49 މެޗްގައި ބައިވެރިވެފައެވެ. މިދިޔަ ސީޒަނުގައި ކޮޕާ އިޓަލީ އާއި ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް އޭސީއެފް ފިއޮރެންޓީނާ ގެންދިއުމުގައި އަމްރަބާތް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. 2020 ވަނަ އަހަރު އަމްރަބަތު ފިއޮރެންޓީނާއާ ގުޅުނީ އިޓަލީގެ ހެއްލަސް ވެރޯނާ އިންނެވެ.

އަމްރަބާތް ބުނީ މެންޗެސްޓާއާއި ގުޅެން އޭނާ ވަރަށް ބޭނުންވި ކަމަށާއި މި ފުރުޞަތު އޭނާއަށް ލިބުނީ އެކަމަށް ކެތްމަދުވެފައި ހުއްޓާ ކަމަށެވެ.

"އަހަރެންނަށް ރަނގަޅަށް އެނގޭ އެރިކް ޓެން ހާގް މަސައްކަތް ކުރަން ކަމުދާ ގޮތާއި، އޭނާގެ ކުޅުންތެރިންގެ ކިބައިން ބޭނުންވާ ކަންތައްތައް. އޭނާގެ ކޯޗިން އާއި އިރުޝާދު އަހަރެން ކެރިއަރުގެ ކުރީކޮޅުގައި ކުޅުންތެރިއެއްގެ ގޮތުގައި އެހާ ބޮޑަށް ތަރައްގީ ކުރުމުގައި އެހިީތެރިވެދިން. އަހަރެންނަށް އެނގޭ އަހަރެންގެ ގާބިލްކަން ހުރި އެންމެ ރަނގަޅު ކަންކަން ނެރެން އޭނާ އެހީތެރިވެދޭނެކަން،" ޔުނައިޓެޑްގެ ކޯޗާއި ބެހޭގޮތުން އަމްރަބާތް ބުނެފައިވެއެވެ.

"އަހަރެމެން ސޫފިޔާންއަށް ފާރަލާތާ ގިނަ ދުވަސްތަކެއް ވެއްޖެ، އެހެންވެ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމަކީ އަހަރެމެންނަށް ވަރަށް ބޮޑު އުފަލެއް. އޭނާގެ ކޮމިޓެޑް، ހައި އެނާޖީ އެޕްރޯޗް އަހަރެމެން މިތަނުގައި ބިނާކުރަމުންދާ ޓީމްއާއި ވަރަށް ފުރިހަމައަށް ގުޅޭ" މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅަ ޑިރެކްޓަރު ޖޯން މާޓަފް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން