ބޮލީވުޑްގެ މަޝްހޫރު ތަރިއައިޝްވާރިޔާ ރާއީ އާއީ އޭނާގެ ދަރިފުޅު
ބޮލީވުޑްގެ މަޝްހޫރު ތަރިއައިޝްވާރިޔާ ރާއީ އާއީ އޭނާގެ ދަރިފުޅު
ބޮލީވުޑްގެ މަޝްހޫރު ތަރިއައިޝްވާރިޔާ ރާއީ އާއީ އޭނާގެ ދަރިފުޅު އާރަދްޔާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުން ފަހުން ނެގި ސުންކު (ސާމްޕަލް)ތަކުން އައިޝްވާރިޔާ ރާއީ އާއީ އޭނާގެ ދަރިފުޅު އާރަދްޔާވެސް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ނަމަވެސް އަމީތާބްގެ އަންހެނުން އަދި ކުރީގެ ތަރި ޖަޔާ ބަޗަން ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާގެ އިތުރު ސުންކެއް ނެގުމަށް ވަނީ ނިންމާފައެވެ.

އައިޝްވާރިއާ އާއި އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެވަނަ ފަހަރަށް ނެގު ސުންކުތަކުންނެވެ.

"ޖުމްލަ އެ އާއިލާގެ 16 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. އޭގެ ތެރޭގައި އެ އާއިލާގެ މެއިޑުންނާއި ގާޑުންވެސް ހިމެނޭ. ދެން ތިބި މީހުންގެ ރިޕޯޓްތައް ލިބޭނީ މާދަން." ބިރްހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަންގެ ކޮމިޝަނަރ ސުރޭޝް ކަކާނީ ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ، އައިޝްވާރިއާ އާއި އާރްދަޔާގެ ގައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށެވެ. އަދި އެ ދެ މީހުން ބޭނުންވަނީ ގޭގައި ފަރުވާ ހޯދުމަށްތޯ ނުވަތަ ހޮސްޕިޓަލްގައި އެޑްމިޓް ވެގެން ފަރުވާ ހޯދަންތޯ ބަލަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

"ބީއެމްސީ ވަނީ އަމީތާބްގެ ރެޒިޑެންސް ސެނެޓައިޒް ކޮށްފައި. އަދި އެ ގޭގެ ސަރަހައްދު ވަނީ ބަންދުކޮށްފައި، އެއްވެސް މީހަކަށް ގެއަށް ވަދެ ނުނިކުމެވޭނެ. އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި، މުމްބާއި ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން." މުމްބާއީގެ މޭޔަރ ކިޝޯރީ ޕެޑްނެކާރް އާއި ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓް ކޮށްފައިވެއެވެ.

ދަ ނަވާނަވަތި ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލުން ބުނީ، ރޭ ކޮވިޑް-19 އަށް ފައްސިވި އަމީބާތުގެ ހާލު ރަނގަޅު ކަމަށާއި، އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގެ އައިސޮލޭޝަން ޔުނިޓުގައި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

މީގެ އިތުރުން، އަބީޝޭކްގެ ގައިންވެސް ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަން އޭނާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން