މިފަހަކުން ރިލީޒް ކުރި ހިންދީ ފިލްމު ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ކާމިޔާބީގައި އުފާފާޅުކުރަމުންދާ ބަތަލް ރަންވީރު ސިންގް، ހިންދީ ފިލްމު ސީރީޒް "ޑޮން 3" ގައި ޑޮންގެ ރޯލު އަދާކުރަން ތައްޔާރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިއާއެކު ރަންވީރު ވެގެންދާނީ އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން އަށްފަހު ޑޮންގެ ފިލްމުތަކުން ޑޮންގެ ރޯލު އަދާކުރާ ތިން ވަނަ ޖީލުގެ ތަރިއަށެވެ.

ހަބަރުތައް ބުނާގޮތުން ޑޮންގެ ތިންވަނަ ފިލްމުގެ މަސައްކަތުގައި ރަންވީރު ހިމަނާފައިވަނީ، ފިލްމުގެ މަސައްކަތުގައި ބައިވެރިވެވޭ މިންވަރަށްވުރެ ޝާހްރުކް ޚާން މާބިޒީކޮށް އުޅޭތީވެއެވެ. އަދި ފިލްމުގެ މަސައްކަތަށް ވަގުތު ނުދެވޭނެތީ ޝާހްރުކްޚާން އެ ޕްރޮޖެކްޓުން ވަކިވެފައިވާކަމަށްވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންވީރާއެކު ޑޮން ތިނެއްގެ ފިލްމުގެ މަސައްކަތް، ފިލްމު ޑިރެކްޓު ކުރާ ފަރުހާން އަޚްތަރު ފަށާފައިވާއިރު، މިފިލްމުގެ ޓީޒަރ އެއް މިހަފްތާގައި ރިލީޒް ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން