ދިވެި ރައްޔިތުންނަށް ވިސާއާ ނުލައި ސަޢުދީ ޢަރަބިއްޔާއަށް ދެވޭގޮތަށް ހަމަޖައްސައިފިއެވެ.
ވިސާއާ ނުލައި ދިވެހިންނަށް ސަޢުދީއަށް ދަތުރުކުރެވޭނީ ފަތުރުވެރިންގެ ގޮތުގައާއި އެތަނުގައި ދިރިއުޅޭ ޢާއިލީ މީހުންނަށް ޒިޔާރަތްކުރުމާއި ވިޔަފާރިކުރުމާއި ޢާންމު އުމްރާގެ އަޅުކަމަށެވެ. ޙައްޖަށާއި ޙައްޖު މޫސުމުގައި ކުރާ ޢުމްރާއަށް ހިލޭ ވިސާގައި ދަތުރެއް ނުކުރެވެއެވެ. އަދި ވަޒީފާ އަދާކުރުމަށްވެސް ހިލޭ ވިސާ ހުއްދައެއް ނުކުރެއެވެ.
އެންމެފަހުން ސަޢުދީން ވިސާގެ ލުއި ދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެއާއެކު ހިމެނެނީ އަލްބާމާ، އާޒަރުބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ތަޖަކިސްތާން، ސުޒުބެކިސްތާން އަދި ދެކުނު އެފްރިކާއެވެ.
ސަޢުދީ ހިލޭ ވިސާގެ ކަންކަން އޮންލައިންކޮށް ހަމަޖެހޭނެކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެއެވެ. ސަޢުދީން އަންނަނީ ޒަމާނުއްސުރެ އެޤައުމުން ގެންގުޅެމުން އައި ބައެއް އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ފަތުރުވެރިކަން ފުޅާކުރުމާއި ދުނިޔޭގެ ޤައުމުތަކަށް ހުޅުވާލެވިފައިވާ ޤައުމަކަށް ސަޢުދީ ހެދުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު