އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާއިރު، ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ބަލައިގަންނަން ފާސްނުވިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އިލްޔާސްގެ ފޯމު ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ފާސްނުވީ އޭނާގެ އިންތިހާބީ އެޖެންޓުގެ ސާބިތު ދަރަނީގެ މައްސަލަޔަކާހުރެކަމަށް މަޢުލޫމާތު ލިބެއެވެ. އިލްޔާސްގެ އިންތިޚާބީ އެޖެންޓަކީ ފާތިމަތު ނިއުމާއެވެ. އޭނާގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ހުކުމްކޮށްފައި އެބައޮތެވެ. އަދި އެ ދަރަނި އޭނާ ޚަލާސްކުރިކަން އެނގެން ނެތްކަމަށާ، އެމައްސަލާގައި އިލްޔާސްގެ ފޯމު ބަލައިގަންނަން ފާސްނުވިކަމަށް މަޢުލޫމާތު ލިބެއެވެ.
މިހާރު އެލެކްޝަންސް ކޮމިޝަނުން ވަނީ އިލްޔާސްގެ ފޯމު ބަލައިގަތުމަށްޓަކައި އޭނާގެ އިންތިޚާބީ އެޖެންޓުގެ ސާބިތު ދަރަންޏާގުޅޭ ލިޔެކިއުން ހުށަހަޅަން އަންގާފައެވެ.
މިކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް އަދި ދަ ޑިމޮކްރެޓްސްއިންވެސް އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު