ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައީސް ސޯލިހުގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ވެސް އީސީން މިރޭ ވަނީ ބަލައިގެންފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމިން ވަނީ އިލެކްޝަނަށް ފޯމް ހުށަައަޅާފައެވެ. އެހެން ނަމަވެސް އޭގެތެރެއިން ރައީސް ޔާމިން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާތީ ފޯމް ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު