ކެންޑިޑެސީ ފޯމު ހުށަހަޅަން އެންމެ ފަހު ވަގުތަށް މަޑުނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެންމެ ފަހު ވަގުތަށް މަޑުކޮށްގެން އެޕްލިކޭޝަންގައި މައްސަލައެއް އުޅޭނަމަ އެކަމެއް ރަނގަޅު ކޮށް އަލުން ހުށަހަޅާނެ ވަގުތު ނޯންނާނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔަން ވެސް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.

"މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ، ވަގުތު އޮއްވައި މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުއްވުން އެދެން،" ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް މިހާތަނަށް ހުށައަޅާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރު 2:00ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު