ޕްރޮފެސަރ އުގައިލް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އުގައިލް ރައީސް ސާލިހާއި އަސްލަމަށް ތަހުނިޔާ ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑަސީ ހުށަހެޅުއްވުމާއި ގުޅިގެނެވެ.
"2023ގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިމަތިލައްވާ އިބޫއަސްލަމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އެދެނީ ކަމީޔާބީއަށް،" އުގައިލް ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުގައިލް ތާއީދުކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ސާލިހަށެވެ. ނަމަވެސް އޭނާ އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އުގައިލް ވަނީ މީގެކުރިންވެސް ރައީސް ސާލީހަށް ތާއީދު އޮތްކަން ހާމަކުރަށްވާފައެވެ. އެގޮތުން އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރަށް މުހިންމު ޕާޓީއެެއް ކަމަށާއި އެގޮތުން އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގައި ހިނގާ ކަންތައްތައްތައް ވެސް ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަކީ ގައުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އުގައިލް ވިދާޅުވިއެވެ.
އުގެއިލްގެ އެ މެސެޖާ ގުޅިގެން މީހަކު ވަނީ އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ގާބިލްކަން ރައީސް ސާލިޙުގެ އެބަހުރިތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އުގެއިލް ވިދާޅުވީ، ދަތި އުނދަގޫތަކާއި އެކުވެސް އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ރައީސް މަސައްކަތްޕުޅު ކުރަައްވާ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިމަތިލައްވާ އިބޫއަސްލަމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އެދެނީ ކަމީޔާބީއަށް.
— Professor Ugail (@ugail) August 6, 2023
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުގައިލް ތާއީދުކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ސާލިހަށެވެ. ނަމަވެސް އޭނާ އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އުގައިލް ވަނީ މީގެކުރިންވެސް ރައީސް ސާލީހަށް ތާއީދު އޮތްކަން ހާމަކުރަށްވާފައެވެ. އެގޮތުން އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރަށް މުހިންމު ޕާޓީއެެއް ކަމަށާއި އެގޮތުން އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގައި ހިނގާ ކަންތައްތައްތައް ވެސް ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަކީ ގައުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އުގައިލް ވިދާޅުވިއެވެ.
އުގެއިލްގެ އެ މެސެޖާ ގުޅިގެން މީހަކު ވަނީ އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ގާބިލްކަން ރައީސް ސާލިޙުގެ އެބަހުރިތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އުގެއިލް ވިދާޅުވީ، ދަތި އުނދަގޫތަކާއި އެކުވެސް އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ރައީސް މަސައްކަތްޕުޅު ކުރަައްވާ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު