ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަންގަވައިފިއެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ރައީސް ޔާމީން އަންގަވާފައިވާކަމަށް ބުނެ ހަބަރުތައް ފެތުރިފައި މިވަނީ، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޚާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ނޯޓެއް ފޮނުއްވާފައެވެ. އަދި ރައީސް ޔާމީން އެންގެވިގޮތަށް އިންތިޚާބު ބޮއިކޮޓް ކުރުމާއި ބެހޭގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ދަނީ މިހާރު މަޝްވަރާކުރަމުންނެވެ.
ރައީސް ޔާމީނަށް ވާދަނުކުރެއްވިއްޖެ ހާލަތެއްގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމައި، އޭނާއަށް ޓިކެޓް ދިނުމަށް ވަނީ ނިންމާފައިވެއެވެ. ނަމަވެސް ފަހުން ޕީޕީއެމުން ވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ އެ ޕާޓީން ކެންޑިޑޭޓެއް ނެރޭނެކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު