އަހުމަދު މަސްނޫމް   6 އޯގަސްޓު 2023 - 12:35
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޕާޓީީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސާފައިވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލްޔާސް ފޯމު ހުށަހަޅުއްވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1:00 ގައެވެ.

އިލްޔާސް ނިސްބަތްވާ ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް އަދި ކުރީގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީން ވަކިވި މެމްބަރުންތަކެއް އުފެއްދި ޕާޓީއެކެވެ.

ޑިމޮކްރެޓްސްގެ އިލްޔާސްއަށް ލިބިވަޑައިގަތީ އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަނުކުރެއްވުމުން, ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިގެނެވެ.



ކިޔުންތެރިންގެ ހިޔާލު